ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެނަށް' ސްކީމަށް ކުރިމަތިލާން އެދި، 58،505 މީހުން ފޯމު ހުށަހެޅި ކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން މިރޭ ހާމަކުރި ގޮތުގައި 58،505 މީހުން ފޯމު ހުށަހެޅިއިރު އޭގެތެރޭގައި ހިމެނެނީ ފުލެޓަށް އެދި ހުށަހެޅި 35،930 މީހުންނާއި ގޯއްޗަށް އެދި ހުށަހެޅި 22،575 މީހުންނެވެ. މި ސްކީމްގެ ދަށުން ދެ ކެޓަގަރީއަކަށް ވަނީ ބަހާލައިފަ އެވެ. އެއީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން ފުލެޓާއި ގޯއްޗަށް އެދި ހުށަހެޅި އެޕްލިކޭޝަނާއި، ގޯތި ގެދޮރު ޕްރޮގްރާމްގެ ދަށުން ފުލެޓާއި ގޯއްޗަށް އެދި ހުށަހެޅި އެޕްލިކޭޝަނެވެ.
އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމްގެ ދަށުން ފުލެޓާއި ގޯއްޗަށް އެދި ހުށަހެޅި އެޕްލިކޭޝަންގެ ތަފާސްހިސާބު
- ޖުމްލަ އެޕްލިކޭޝަން: 45،644
- ފުލެޓު އެޕްލިކޭޝަން: 35،818
- ގޯތި އެޕްލިކޭޝަން: 9،826
ގޯތި ގެދޮރު ޕްރޮގްރާމްގެ ދަށުން ފުލެޓާއި ގޯއްޗަށް އެދި ހުށަހެޅި އެޕްލިކޭޝަންގެ ތަފާސްހިސާބު
- ޖުމްލަ އެޕްލިކޭޝަން: 12،861
- ފުލެޓު އެޕްލިކޭޝަން: 112
- ގޯތި އެޕްލިކޭޝަން: 12،749
މި ސްކީމުގެ ދަށުން އެންމެ ފުރަތަމަ ގޯއްޗަށް ކުރިމަތިލުމަށް ހުޅުވައިލީ މިދިޔަ މާރިޗު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮތީ ހުޅުވައިލާފަ އެވެ. އެހެންނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން ދެތިން ފަހަރެއްގެ މަތިން މިނިސްޓްރީން ވަނީ މި މުއްދަތު އިތުރުކޮށްދީފަ އެވެ. އެންމެ ފަހުން އިތުރުކުރި މުއްދަތު ހަމަވާން އޮތީ ރޭ 11:59 ގަ އެވެ. ނަމަވެސް ޕޯޓަލަށް ދިމާވި މައްސަލައަކާ ގުޅިގެން ރޭ ދަންވަރު 2:00 އާ ހަމައަށް މުއްދަތު އިތުރުކުރި އެވެ.
މި ސިޔާސަތުގެ ދަށުން ސަރުކާރުން ވަނީ 7،900 ފުލެޓާއި، 15،000 ގޯތި ދޫކުރަން ނިންމާފަ އެވެ. ދޫކުރާ ކޮންމެ ގޯއްޗެއްގައި 1،250 އަކަފޫޓު ހުންނާނެ އެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކެޓަގަރީއަކީ މާލޭ ރަށްވެހިންނަށް ހާއްސަކޮށްފައިވާ ބައެވެ. މި ބަޔަށް ގޯތި ދޫކުރާނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލޭންނެވެ. ދެވަނަ ކެޓަގަރީ ޚާއްސަކޮށްފައިވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށެވެ. މި ފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލޭންނެވެ.
އުރުގުއޭ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
ކޭޕް ވާޑްއިން ޔޫރަޕްގެ ޗެމްޕިއަން ހިފަހައްޓައިފި
މެދުކެނޑުމަކަށްފަހު ސަލްމާން "ބިގްބޮސް"އަށް!