މާލޭގެ މަޖީދީމަގުގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ބަޔަކު ވެއްޓުނު މައްސަލައިގައި، ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތްކުރި ކުންފުނި 5،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
މާލޭގެ މަޖީދީމަގުގައި ހުންނަ ޕޮއިސް ޕާފިއުމް ފިހާރަ ހިންގާ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން ދެ މީހަކު ވެއްޓިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ. މި ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގައި އާބާތުރަފިލުވުމުގެ ނުވަތަ އިމާރާތްކުރުމުގެ މަސައްކަތްކުރަމުން ދަނިކޮށެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ މަސައްކަތުގެ މާހައުލުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި މަސައްކަތްކުރުމުގެ ސަބަބުންނެވެ. މިކަމާ ގުޅިގެން، އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފުވެފައިވާތީ އިހުމާލުވި ކުންފުނި ކަމަށްވާ ބީޓްރެކްސް ޑްރީމް ވަނީ 5،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ މަސައްކަތުގައި ހަރަކާތްތެރިވި އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކަށާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. މީގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. ނަމަވެސް އަނެއް މީހާއަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭ
"އާވާރާޕަން 2"އާއެކު އިމްރާންގެ ޖާދޫ އަލުން ސިނަމާތަކަށް!
ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16 އަށް
