ދިރާގު ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެއްވެސް އިތުރު ފީއަކާ ނުލައި ދިރާގު ލިމިޓެއްނެތް ފައިބަރ ޕްލޭންތަކަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ. މި ޕްރޮމޯޝަންގެ ދަށުން، ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް އިތުރު ފީއަކާ ނުލައި ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ލިބިގެން ލިބޭނެ އެވެ.
މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް އިތުރު ފީއަކާ ނުލައި ހަލުއި ސްޕީޑާއި އަންލިމިޓެޑް އިންޓަރނެޓް ތަޖުރިބާކޮށްލުމުގެ މަގު ފަހިކޮށްދިނުމެވެ. މި ގޮތުން، ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ކަނޑައެޅިފައިވާ ވަކި ޕްކޭޖްތައް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ދިރާގު ލިމިޓެއްނެތް ފައިބަރ ޕްލޭންތަކަށް އެއްވެސް އިތުރު ފީއަކާ ނުލާ 31 ޖުލައިގެ ނިޔަލަށް އަޕްގްރޭޑްކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން، ފައިބާ 5އެމް ސްޓާޓާ، ފައިބާ 5އެމް ބޭސިކް، ފައިބާ 5އެމް، ފައިބާ 10އެމް ބޭސިކް އަދި ފައިބާ 15އެމް ސްޓާޓާ ގެ އިތުރުން ޝަރުތުހަމަވާ އެހެނިހެން ޕެކޭޖުތައް ބޭނުންކުރާ ކަސްޓަމަރުންނަށް ލިމިޓެއްނެތް ފައިބަރ ޕެކޭޖަށް ހިލޭ އަޕްގްރޭޑް ކުރެވޭނެ އެވެ.
ޕެކޭޖު އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އަޕްގްރޭޑް ޕޯޓަލް ނުވަތަ މައި އެކައުންޓް މެދުވެރިކޮށް މި ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެއެވެ. މީގެ އިތުރުން ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ވެސް ޕެކޭޖް އަޕްގްރޭޑް ކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންގެ އިންޓަނެޓް ތަޖުރިބާ އިތުރަށް ފުރިހަމަވެ، ވީޑިއޯ ސްޓްރީމް ކުރުމާއި، ޑައުންލޯޑް ކުރުމާއި، އޮންލައިން ގޭމިންގް އަދި ވީޑިއޯ ކޯލްތަކުގެ އިތުރުން ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ދިވެހިރާއްޖޭގެ މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންދާ ދިރާގުން ދަނީ އީޖާދީ އުފެއްދުންތަކާއި އައު ހިދުމަތްތައް މެދުވެރިކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދިނުމަށްޓަކައި އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް އިތުރަށް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޝޭމްޕޫ އަދި ކޮންޑިޝަނާގެ މަސައްކަތް މުޅިން ތަފާތު!
އެމެރިކާ އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ރަހުމަތްތެރިއެއް: ރައީސް
