މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްއޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
އަމީޒާގެ އިތުރުން އެ މަގާމަށް އައްޔަންކުރަން މަޖިލީހަށް ފޮނުވީ ހއ. ތަކަންދޫ، ސާދާގެ މުހައްމަދު ހަލީމް އަބްދުﷲ އެވެ.
މަޖިލީހުގެ ތަޅުމުގައި ދެ ބޭފުޅުންގެ ނަންފުޅަށް ވަކިވަކިން ވޯޓަށް އެހުމުން އަމީޒާއަށް ރުހުން ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ފުރިހަމަ ތާއީދާއެކުގަ އެވެ.
އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ މިހާތަނަށް ހުންނެވީވެސް މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގަ އެވެ.
ފްރާންސް އިން ތައްޓަށް ކުރި އުއްމީދު ފުނޑުފުނޑު ވެއްޖެ
އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ހިދުމަތްފަށައިފި
