މިހާރުގެ އިންފޮމޭޝަން ކޮމިޝަނާ އާހިދު ރަޝީދުގެ ދައުރު އަންނަ މަހުގެ ތެރޭގައި ހަމަ ވާތީ އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު އިއުލާންކޮށްފި އެވެ.
އާހިދު 6 ސެޕްޓެމްބަރު 2021 ގައި ފެއްޓެވި ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 6 އަށް ހަމަވާނެ އެވެ.
އެހެންވެ އެ މަގާމަށް ކުރިމަތިލާން މިއަދު ވަނީ ހުޅުވާލާފަ އެވެ. ރައީސް އޮފީހުން ކުރި އިއުލާނުގައި ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދަމު 12:00 ކަމަށެވެ. އަދި ފޯމު ބަލައިގަންނާނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. އަދި ކުރިމަތިލާ ފޯމާއި ލިޔެކިޔުންތައް ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
މިނިވަން ދުވަހުގެ ތަގުރީރުގައި ރައީސް މުއިއްޒު ވަނީ އާހިދުއަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އާހިދު މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކުން އަންގާ ގޮތަށް ކަމަށެވެ. ސަބަބަކީ އޭނާއަކީ ކުރީ ސަރުކާރުން އައްޔަންކުރި ބޭފުޅަކަށް ވުމެވެ.
މި ތުހުމަތުތައް ކުރެއްވީ ސިޔާސީ މުވައްޒަފުންގެ ތަފްސީލު ހާމަނުކުރުމުން ރައީސް އޮފީސް ޖޫރިމަނާކުރުމުންނެވެ. އަދި އެއީ މައުލޫމާތު ދޭން އެންގުމުންވެސް ނުދިނުމުންނެވެ.
ހަމައެއާއެކު މި ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން މައުލޫމާތު ހިފަހައްޓާ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.
ހުޅުމާލޭގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވާތީ ރައީސަށް ސިޓީއެއް
މަގު ކޮންނަނިކޮށް އާރްޑީސީ މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް
މަހުދީގެ މަރުގެ ސެޓްފިކެޓް ބަދަލުނުކޮށްދޭތީ އާއިލާގެ ކަންބޮޑުވުން