ކުޑަކުދިންނަށް ވެއްޔާ ކުޅުމާއި ބަގީޗާގައި އަތުން ގަސްއިންދުމާއި، ވިނގަނޑުގައި އުޅުމަކީ ވަރަށް މަޖާ ކަމަކަށް ވިޔަސް އެއީ ގިނަ ބެލެނިވެރިން ހުއްޓުވާ ކަމެކެވެ.
އެހެން ނަމަވެސް ސައިންސްވެރިން ބުނާ ވެއްޔާއި ގަހާއި ފެހި ވިނަގަނޑުގައި ކުޅެ ހެދިބޮޑުވުމަކީ ކުޑަ ކުދިންގެ ހަށިގަނޑަށް އަދި ހަމުގެ ސިއްހަތަށް ވަރަށް ފައިދާހުރި ކަމެއް ކަމަށެވެ.
ވެލިގަނޑުގައި ހުންނަނީ ކޮން އެއްޗެއް؟
ވެއްޔާއި ފަސްގަނޑުގައި ލޮލަށް ނުފެންނަހާ ކުދިކުދި ދިރޭ ސޫފާސޫފި (މައިކްރޯބްސް) ހުރެ އެވެ. މިއީ އަހަރެމެންނަށް ގެއްލުންދޭ އެއްޗެއް ނޫނެވެ. އެހެނެއްކަމަކު އެއީ ހަމުގެ ސިއްހަތު ވަރުގަދަ ކޮށްދޭ "ރަހުމަތްތެރި" ޖަރާސީމު ތަކެކެވެ.
ހަށިގަނޑަށް ލިބޭ ފައިދާތައް
- ހަންގަނޑު ވަރުގަދަވުން: ވެލީގައި އަތްލައި އުޅޭއިރު ހަމުގައި އާ ޖަރާސީމުތައް ހަރުލަ އެވެ. މިއީ ހަމަށް ގެއްލުންދޭ ނުބައި ޖަރާސީމުތަކުން ހަންގަނޑު ދިފާއު ކޮށްދޭ ކަމެކެވެ.
- ދިފާއީ ނިޒާމު ރަނގަޅުވުން: "ހަށިގަނޑުގެ ސިފައިން"ގެ ގޮތުގައި މަސައްކަތްކުރާ ދިފާއީ ނިޒާމަށް މިފަދަ ގުދުރަތީ ތަކެތީގެ އެހީތެރިކަން ލިބެ އެވެ. ވުމާއެކު، ބަލިތަކާ ދެކޮޅަށް ހަށިގަނޑު މާ ބޮޑަށް ތައްޔާރުވެ އެވެ.
- އުފާވެރިކަން އިހުސާސްވުން: ގުދުރަތީ ވެއްޓާ ގުޅިގެން ކުޅުމަކީ ސިކުނޑިއަށް ހަމަޖެހުން ގެނުވައި، ހިތްހަމަޖެހުން ލިބޭ ކަމެކެވެ. އެހެން ކަމުން ނަފްސާނީ ސިއްހަތު އިތުރަށް ރަނގަޅުވެ އެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކުޑަ ކުދިން ގުދުރަތީ މާހައުލުތަކުގައި (ގަސްގަހާގެއްޔާއި ފަސްގަނޑުގައި) ކުޅެ އުޅޭނަމަ، އެ ކުދިންގެ ހަމުގައި ފައިދާހުރި ޖަރާސީމު ގިނަވެ މަދު ހަފްތާތަކެއްގެ ތެރޭގައި ސިއްހީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބެ އެވެ.
އެހެން ކަމުން ދެން ދަރިފުޅު ވެއްޔާ ކުޅެން ބޭނުން ވެގެން އުޅޭނަމަ އެކަން ހުއްޓުވުމުގެ ބަދަލުގައި އެކަމަށް ހިތްވަރުދީ އެކަމުގައި އެކުދިންނާއެކު ބައިވެރިވާން މަސައްކަތް ކުރާށެވެ.
78 ވަނަ އެމީ އެވޯޑްސް: އެންމެ މޮޅު ތަރިންނާއި ޝޯތައް!
ހިމަބިހީގެ ކޭސްތައް ދަށަށް: ނިމުނު ހަފުތާގައި ފެނުނީ ފަސް ކޭސް
6 އަހަރަށްފަހު ބޭއްވި ސެލީންގެ ފުރަތަމަ ކޮންސެޓު ކާމިޔާބު!