ބޮލީވުޑްގެ މަގުބޫލު ދެ ތަރިން ކަމަށްވާ ކިއާރާ އަދްވާނީ އާއި ސިދާތު މަލްހޯތުރާއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

މި އުފާވެރި ހަބަރު މި ދެ ތަރިން އާއްމު ކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށް ދެމީހުން އެކުގައި ހިއްސާކުރި ހާއްސަ ފޮޓޯއަކާއެކުގަ އެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއިން ފެންނަނީ ކިއާރާ އާއި ސިދާތުގެ އިތުރުން އެމީހުންގެ ފުރަތަމަ ދަރިފުޅު ސާރާޔާ އެކީގައި އަތުން ވިޔެފައިވާ ކުޑަ ކުދިންނަށް އިސްޓާކީނެއް ހިފަހައްޓައިގެން ތިބި މަންޒަރެވެ.

https://www.instagram.com/p/DRlpHaBiMd1/?utm_source=ig_embed&ig_rid=A0cGxAobAOJbD-N9FYF3b9h

މިއީ އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން އިއުލާން ކުރުމަށްވެސް ބޭނުންކުރި ފަދަ ރީތި މަންޒަރެކެވެ. މި ފޮޓޯއާއެކު ކިއާރާ ލިޔެފައިވަނީ، އެންމެ ބޮޑު ނިއުމަތާއެކު އަނެއްކާވެސް އުފާވެރިކަން ލިބިއްޖެ ކަމަށާއި، އެމީހުންގެ ހިތްތައް ވަނީ ލޯތްބާއި ޝުކުރުން ފުރިފައި ކަމަށެވެ.

މި ހަބަރު އާއްމުވުމާއެކު، ބޮލީވުޑްގެ ގިނަ ތަރިންނާއި ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ދެ ތަރިންނަށް މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ.

ކިއާރާ އާއި ސިދާތު ކައިވެނިކުރީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާޖަސްތާންގަ އެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު ސާރާޔާ އުފަންވީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.