ގިނަ ވަގުތު ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރު ކައިރީގައި މަސައްކަތްކުރާ މީހުންގެ ކަރާއި ކަނދުރާގައި ރިއްސުމަކީ އާންމުކޮށް ކުރިމަތިވާ މައްސަލަ އެކެވެ.
ސްޕައިން ސާޖަން ޑރ. މާޗަންޓް ފާހަގަ ކުރައްވާ ގޮތުގައި، މި މައްސަލަ ކުރިމަތިވަނީ ބޭނުންކުރާ ވަސީލަތުގެ ސަބަބުންނެއް ނޫނެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރަން އިށީންނަ ގޮތާއި އިށީނދެ އިންނަ ގޮތުގެ ސަބަބުންނެވެ.
ގިނަ މީހުންނަށް ނުވިސްނި، ގިނަ އިރުތަކެއް ވަންދެން ތިރިއަށް ބަލަހައްޓައިގެން އިނުމުގެ ސަބަބުން ކަނދުރާގެ މަސްތައް ވަރުބަލިވެ ކަރަށް ނާރު އެރުމާއި ބޮލުގައި ރިއްސުން އަދި ފިލައިނުދާ ކަނދުރާގެ ރިއްސުން އުފެދެ އެވެ.
ބޯ ކުރިއަށް ޖައްސައި ގުދެއް ލައިގެން ގިނައިރު އިނުމުން ކަނދުރާގެ މަސްތަކަށް ބޯ ހިފަހައްޓަން ކުރަންޖެހޭ މަސައްކަތް ބޮޑުވެ، ކަނދުރާގެ ގުދުރަތީ ބައްޓަމަށްވެސް ބަދަލު އައުން އެކަށީގެންވެ އެވެ.
މިކަމުން ސަލާމަތްވުމަށްޓަކައި މަސައްކަތްކުރާ މާހައުލަށް ގެނެވިދާނެ ސާދާ ބަދަލުތަކާއި ސަމާލުވާންވީ ކަންކަން ތިރީގައި އެވަނީ އެވެ.
މަސައްކަތްކުރާ މާހައުލަށް ގެންނަންވީ ބަދަލުތައް
- ސްކްރީން ލޮލާ އެއް ހަމައަށް އުފުލުން: ލެޕްޓޮޕް ނުވަތަ މޮނިޓަރުގެ ސްކްރީން އިނީ ތިރީގައިނަމަ، ފޮތްތަކެއް ނުވަތަ ލެޕްޓޮޕް ސްޓޭންޑެއް ބޭނުންކޮށްގެން ސީދާ ލޮލުގެ ފެންވަރަށް އުފުލާށެވެ. މީގެ ސަބަބުން ތިރިއަށް ބަލަންޖެހޭ ބެލުން މަދު ވެގެންދާނެ އެވެ.
- ބުރަކަށްޓާއި އަތަށް އެހީތެރިކަން ދިނުން: ގޮނޑީގައި އިށީންނައިރު ބުރަކަށި ސީދާކޮށް ހިފެހެއްޓޭނެ ފަދަ ސަޕޯޓެއް ބޭނުން ކުރާށެވެ. އެއާއެކު އަތްތިލައާއި އުޅަނބޮއްޓަށް ފަސޭހަ ވާނެހެން މޭޒުމަތީގައި އަތް ބާއްވާށެވެ.
- ފައިތިލަ ބިމުގައި ޖައްސައިގެން އިނުން: އިށީންނައިރު ދެފައި ތަޅުންގަނޑުގައި ސީދާކޮށް ޖެހިފައި ހުންނަން ޖެހޭނެ އެވެ. ފައި ނުފޯރާނަމަ ފުޓްރެސްޓެއް ބޭނުން ކުރާށެވެ.
ކޮންމެ 30-40 މިނެޓަކުން ބްރޭކެއް ނެގުން
ގިނައިރު ވަންދެން އެއް ގޮތަކަށް އިށީނދެގެން އިނުމަކީ ރަނގަޅު ކަމެއް ނޫނެވެ. ޑޮކްޓަރު އިރުޝާދު ދެއްވަނީ ކޮންމެ 30 ނުވަތަ 40 މިނެޓަކުން ކޮޅަށް ތެދުވެ، ކުޑަކޮށް ހިނގާލުމަށެވެ. އަދި ކަނދުރާއާއި ކޮނޑު މަޑުމަޑުން ހަރަކާތް ކޮށްލާ ހެދުމުން މަސްތަކުގެ ހަރުކަން ކެނޑި، ލޭ ދައުރުވުން ރަނގަޅު ވެގެންދާނެ އެވެ.
ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް
އާންމުކޮށް އަންނަ ތަދަކީ އިށީންނަ ގޮތް ބަދަލު ކުރުމުން ރަނގަޅުވާ ތަދެކެވެ. ނަމަވެސް ކަނދުރާގައި އުފެދޭ ރިއްސުން ދުވަސްތަކަކަށް ދެމިގެންދާނަމަ ނުވަތަ އިތުރަށް ގޯސްވާނަމަ، ސީރިއަސްކޮށް ނަގަން ޖެހެ އެވެ.
ހާއްސަކޮށް ކަނދުރާގެ ރިއްސުން އަތަށް ފެތުރެން ފެށުން، އަތުން އައްސިވުން، ނުވަތަ އަތުގެ ބާރު ދެރަވާނަމަ ލަސްނުކޮށް ނާރުގެ ނުވަތަ ކައްޓާއި ބުރަކަށީގެ ހާއްސަ ޑޮކްޓަރަކަށް ދައްކައި ސިއްހީ އެހީތެރިކަން ހޯދަން ޖެހޭނެ އެވެ.
15 އަހަރަށްފަހު ޝާހްރުކް ޚާންއާއި ކަރީނާގެ ފެނިލުމެއް އެކުގައި!
ވިހައިގެން 1 އަހަރު ނުވަނީސް ކިއާރާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!
"ތޫ ހެ މޭރީ ކިރަން" ޓްރެއިލާ: ސޮނާކްޝީއާއި ޒަހީރުގެ އަނދިރި ލޯބި!