ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށަކަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ކޮލަމާފުށި ކައިރީގައި އޮންނަ ކަޅެހުއްޓާ ނަމަކަށް ކިޔާ ފަޅު ރަށަކަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން މިއަދު މެންދުރުފަހު 2:30 ހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ ގއ. ކޮލަމާފުށި، އުދަރެސް، އަހުމަދު މިސްހާގު (45އ) އެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޝަކީރާއާ ގުޅުނު ކަމަށް ބުނާ ހަބަރުތައް ބެން ދޮގުކޮށްފި
ރަހައެއް ނޫން، މިއޮތީ ޗޮކުލެޓް ކާހިތްވާ އަސްލު ސަބަބު!
"އެބެނޭޒާ"ގެ އާ ޓްރެއިލާ" ޖޮނީ ޑެޕް މުޅިން ތަފާތު ގޮތަކަށް!