ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނާއެކު ރާއްޖެއިން ކޮރަޕްޝަން ނައްތާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ މި ބިލަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުޙައްގުން ހޯދާ މުދާ ނެގުމުގެ މަގުސަދުގައި ހުށަހަޅާފައިވާ ބިލެކެވެ.
ބިލު ހުށަހަޅުއްވަމުން މެންބަރު ފަޒާދު ވިދާޅުވީ ރާއްޖޭގެ ގާނޫނީ އަދުލުގެ ނިޒާމު ޒަމާނުއްސުރެ ބައްޓަންވެފައި އޮތީ ހަމައެކަނި ޖިސްމާނީގޮތުން އަދަބު ދެވޭ ގޮތަށް ކަމަށާއި، ކުށްކޮށްގެން ހޯދާ ފައިސާއިން ނަފާ ހޯދުން ހުއްޓުވުން ކޮންމެހެން މުހިންމު ކަމަށެވެ. މި ބިލުގެ ދަށުން ކުށް ސާބިތުވުމާ ނުލައިވެސް އިސްތިސްނާ ހާލަތްތަކުގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ތަޢާރަފުކުރެވިފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ބިލަށް ބަހުސް ކުރައްވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ވިދާޅުވީ ނުޙައްގުން މުއްސަނދިކަން ހޯދުން މި ބިލުގެ ސަބަބުން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ ކުރީ ސަރުކާރުތަކުން މިފަދަ ގާނޫނީ އޮނިގަނޑެއް އެކުލަވާލާފައި ނުވަނީ އިޚްލާސްތެރިކަން ނެތުމުން ކަމަށާއި، މި ގާނޫނާއެކު ކުށްކޮށްގެން ފައިސާ ހޯދުމުގެ ދޮރުތައް ބަންދުވެގެންދާނެ ކަމަށެވެ.
ނަމަވެސް ބައެއް މެންބަރުން ވަނީ މިފަދަ ގާނޫނުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ގާނޫނުތައް ހުންނަ ނަމަވެސް އެކަންކަން ތަންފީޒުކުރުމަށް ފަނޑިޔާރުގެއާއި މުވައްސަސާތައް އިސްލާޙުކުރަންޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވިއެވެ.
މި ބިލުގައިވާގޮތުން މަނީ ލޯންޑަރިންއާއި ޓެރަރިޒަމްގެ އަމަލުތަކާއި، ކޮރަޕްޝަނާއި، މަސްތުވާތަކެއްޗާއި، ވައްކަމާއި ޚިޔާނާތުގެ އިތުރުން ޖިނާއީ ބޮޑެތި އެހެނިހެން ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ އެވެ. އޭގެ ތެރޭގައި ވަކި އަދަދުތަކަށްވުރެ މަތިން ޓެކްސް ދެއްކުމުން އެއްކިބާވުމާއި، ފޭރުމާއި ސްމަލްގުކުރުންފަދަ ކުށްތައްވެސް ހިމެނެ އެވެ.
ޑިޖިޓަލް މީޑިއާގެ އަސަރުތަކުން ދަރިން ރައްކާތެރި ކުރާނީ ކިހިނެއް؟
"އެބެނޭޒާ"ގެ އާ ޓްރެއިލާ" ޖޮނީ ޑެޕް މުޅިން ތަފާތު ގޮތަކަށް!
