ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން މިދަނީ މޫސުމީ ވިއްސާރަ ކަމަށެވެ. އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެފައިވާއިރު، މި ފެށޭ ހުކުރު އަދި ހޮނިހިރު ދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި ވިއްސާރައިގައި ވައިގެ ބާރުމިން އާންމު ގޮތެއްގައި ހުންނާނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގަ އެވެ. އަދި އާދައިގެ މަތިން ވަޔާއި ކަނޑުތައް މަޑުވި ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެ އެވެ.
މީގެއިތުރުން، މެޓް އޮފީހުން ފާހަގަކުރި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގައި ވަރަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހެމުންދާ ކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި މި ވިއްސާރަ އަންނަ ހަފުތާއަށް ވެސް ދެމިގެންދާނެ ކަމަށް ބެލެވޭތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ
މަޝްހޫރު ފަންނާނުންނާއެކު ނިއު ދިއްލީގައި ކޭޕޮޕް ފެސްޓިވަލެއް!
އިސްލާމީ މަރުކަޒުގެ އިސް އިމާމު އީރާނާ ދެކޮޅަށް ފަތުވާއެއް ނެރެފި
މައިންބަފައިންގެ ހާސްކަމުން ދަރިންނަށް ނޭދެވޭ އަސަރުތަކެއް!