ރައީސް މުހައްމަދު މުއިއްޒުގެ ނަންފުޅު ގަނެވޭ ހިނދު ސަޕޯޓަރުން އަތްތިލަބަޑި ޖަހަނީ އުތުރު ކޮރެއާ (ނޯތު ކޮރެއާ) ގައި އަތްޖަހާ ފަދަ ފުރިހަމަ ގޮތަކަށް ކަމަށް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ މައި ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސް މުއިއްޒުގެ ނަންފުޅު އިވުމުން ސަޕޯޓަރުން ޖަހާ އަތްތިލަބަޑިން، އެމަނިކުފާނަށް ރައްޔިތުންގެ ހިތްތަކުގައި އޮތް އިހްލާސްތެރި ލޯބި ވަރަށް ސާފުކޮށް ފެނިގެންދާ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވާހަކަދައްކަވާއިރު ސަޕޯޓަރުން އަތްޖަހާ ގޮތާއި، ރައީސް މުއިއްޒުގެ ނަންފުޅު އައުމުން އަތްޖަހާ ގޮތް ވަރަށް ބޮޑަށް ތަފާތު ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅު ގެނައުމުން ސަޕޯޓަރުން ލޯބިން އަތްޖަހަނީ އުތުރު ކޮރެއާގައި ވެސް އަތްޖަހާ ފަދަ ވަރަށް ރީތި ގޮތަކަށް ކަމަށެވެ.
ފަލާހު ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ޖަލްސާތަކުގައި ސަޕޯޓަރުން އަތްޖަހާ ގޮތުން އެމަނިކުފާނަށް އޮތް ނުރުހުން ހާމަވާ ކަމަށާއި އެ ގޮތް ވަރަށް ގޯސް ކަމަށެވެ.
އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާ ގޮތަކީ ރީތި ގޮތެއް ކަމަށް ފަލާހު ސިފަކުރެއްވި ނަމަވެސް، އެ ގައުމަކީ ދުނިޔޭގައި އޮތް އެންމެ ހަރުކަށި، ހުދުމުހުތާރު އަދި ކޮމިއުނިސްޓް ވެރިކަމެއް ކުރަމުން އަންނަ އެއް ގައުމެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ، ޕީއެންސީގެ ލީޑަޝިޕުން ފެށިގެން އާންމު މެންބަރުންގެ މޫނުމަތިން ވެސް މިއަދު ފެންނަމުންދަނީ ނުހަނު ބޮޑު ހިނިތުންވުމާއި އުފާވެރިކަން ކަމަށެވެ.
ނިއުކްލިއާ މައްސަލާގައި އެމެރިކާއަށް ދޫނުދޭނަން: އީރާން
ސޯސަންމަގު އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
މާމެލާމެލީގެ އިތުރުން ތަފާތު ތަޖުރިބާއެއް ކުރެވޭނެ 5 ބަގީޗާއެއް!
ތިޔަ ބުނީ ހެޔޮކޮށް! މުއިއްޒު އުޅެނީ ކިމްޖަންގ އުން އަށް ވާން! ރައްޔިތުން ދަށުކޮށް އަޅުވެތިކޮށް، މިތަން އުތުރު ކޮރެއާއަށް ހަދަން!
ނޯތު ކޮރެއާ މީހުން ގޮތަށް ކަލޭމެން ބުދަ އަޅުކަން ނުކޮށްފިއްޔާ ކިތަންމެހާ ވެސް ރަނގަޅު. މޯކުޅި ކުޅޭ މީހުން އުޅޭ ގޮތް ބަލައިގެން އެ ގޮތަށް ނޫޅެފިއްޔާ ވެސް ރަނގަޅު.