ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ ގިނަ އަހަރު ތަކެއްގެ މެދުކެނޑުމަކަށްފަހު އަލުން އެކްޓިންއަށް އެނބުރި އަންނަން ތައްޔާރު ވެއްޖެ އެވެ.
މަޝްހޫރު ޑައިރެކްޓަރު ހަންސަލް މެހްތާ ގެނެސްދޭ ކްރައިމް ތުރިލާ ސިލްސިލާ "ބަރާބަންކީ" އިން އޭނާ އަލުން ސްކްރީނަށް ނުކުންނައިރު، މި ސިލްސިލާގެ ޝޫޓިން މުމްބާއީގައި މިދިޔަ މަހު ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އުމުރުން ދުވަސްވީ ރިޓޔާޑް އިންޑިއަން ޕޮލިސް ސާވިސް އޮފިސަރެއް ކަމަށްވާ އަލޯކް ލާލް ލިޔުނު "ދަ ބަރާބަންކީ ނާކޯސް: ބަސްޓިން އިންޑިއާޒް މޯސްޓް ނޮޓޯރިއަސް ޑްރަގް ކާޓެލް" ފޮތަށް ބިނާކޮށް އުފައްދާ މި ސިލްސިލާއަކީ 1984 ވަނަ އަހަރު ހިނގި ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
މިއީ އުއްތަރު ޕްރަދޭޝްގެ ބަރާބަންކީ ސަރަހައްދުގައި ހިންގި ބޮޑު އޮޕީއަމް ރެއިޑެއްގެ ހަގީގީ ހާދިސާތަކުގެ މައްޗަށް ތައްޔާރުކުރާ ހިތްގައިމު ވާހަކަ އެކެވެ.
2020 ވަނަ އަހަރު ރިލީޒۡކުރި "ޑޭންޖަރަސް" އަށްފަހު، ބިޕާޝާ ސްކްރީނުން ފެނިގެން ގޮސްފައި ނުވި ނަމަވެސް، އޭނާ މިހާރު ހުރީ މި އާ މަސައްކަތާއެކު ވަރަށް ވަރުގަދައަށް އެނބުރި އަންނަން ތައްޔާރު ވެގެންނެވެ.
ހަންސަލް މެހްތާގެ މި ކްރައިމް ތްރިލާގައި ބިޕާޝާގެ އިތުރުން ސަނީ ކޯޝަލް އަދި ވިޝާލް ޖެތުވާ ވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ
އީރާނުގެ ސުލްހައިގެ ޕްލޭނަށް ޓްރަމްޕް ދެކޮޅު ހަދައިފި
12 އަހަރުގައި ފޯނު ގެންގުޅޭ ކުދިންނަށް ސިއްހީ މައްސަލަތަކެއް!
ކަނޑުއޮޅީގެ މަސްރަހު ހަމަޖެއްސުމަށް އެހީވާން ރަޝިޔާ ތައްޔާރު