ފަލަސްތީނުގެ ރައްޔިތުންނަށް ފާޅުގައި ތާއީދު ކުރުމާ ގުޅިގެން، ހޮލީވުޑްގައި އޭނާއަށް ލިބެމުންދިޔަ މަސައްކަތްތައް ގެއްލެމުންދާ ކަމަށާއި، އަދިވެސް ބައެއް އެޖެންސީތަކުން މީހުންނަށް އޭނާއަށް ފުރުސަތު ނުދިނުމަށް އަންގަމުންދާ ކަމަށް އޮސްކާ އެވޯޑު ހޯދާފައިވާ މަޝްހޫރު ބަތަލާ ސޫޒަން ސަރަންޑަން ބުނެފި އެވެ.
ވެނީސް ފިލްމު ފެސްޓިވަލްގައި އޭނާގެ އާ ފިލްމު "ދަ އެކޯ ޗެމްބާ" ޕްރޮމޯޓު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އުމުރުން 79 އަހަރުގެ ބަތަލާ ވަނީ ފަލަސްތީނުގެ މައްސަލާގައި އޭނާ ގެންގުޅޭ ސިޔާސީ ވިސްނުމުގެ ސަބަބުން ހޮލީވުޑްގެ ނުފޫޒުގަދަ ފަރާތްތަކުން އަދިވެސް އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާކަން ހާމަކޮށްފަ އެވެ.
އޭނާ ބުނީ ފަލަސްތީނުގެ ތާރީހީ މުހިންމުކަމާއި، އެމެރިކާގެ ސިޔާސީ މަސްރަހާ ޒައޮނިސްޓުންނާ އޮތް ގުޅުމާ މެދު އާންމުންގެ ވިސްނުން މިއަދު މުޅިން ބަދަ ލުވެފައިވާ ކަމަށެވެ. އަދި އެމެރިކާއިން އިސްރާއީލަށްދޭ މާލީ އެހީތެރިކަމުގެ ބޮޑުކަން ކުރިން ގިނަ ބަޔަކަށް އެނގިފައި ނުވި ނަމަވެސް، މިއަދު އާންމުންގެ ހިޔާލު ބަދަލުވަމުން އަންނަ ކަމަށް އޭނާ ފާހަގަކުރި އެވެ.
އާންމުންގެ ހިޔާލު ބަދަލުވި ނަމަވެސް، ހޮލީވުޑްގެ ބާރުގަދަ ފަރާތްތަކުން އަދިވެސް އޭނާއާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ސޫޒަން ބުންޏެވެ.
"ފަހަކަށް އައިސް ވެސް އަހަރެންގެ އަތުން ފިލްމުތައް އަތުލާފައިވޭ. ސަބަބަކީ އަހަންނަށް ފުރުސަތު ނުދިނުމަށް މީހުންނަށް އަންގާ އެޖެންސީތަކެއް އުޅުނު. އެއީ އެ މީހުންގެ ބާރުގަދަ އޮނިގަނޑު އޮތް ގޮތް،" ސޫޒަން ބުންޏެވެ.
ނަމަވެސް ބައިނަލްއަގުވާމީ ފެންވަރުގައި އަދި އާންމުންގެ މެދުގައި އޭނާއަށް ބޮޑު ތާއީދާއި ލޯބި ލިބެމުންދާކަން އޭނާ ފާހަގަކުރި އެވެ.
ފާހަގަ ކޮށްލެވޭ ގޮތުގައި، 2023 ވަނަ އަހަރު ޣައްޒާ ހަނގުރާމަ ފެށުނުފަ ހުން ފަލަސްތީނަށް ތާއީދުކޮށް ބޭއްވި އެއްވުންތަކުގައި ވާހަކަ ދެއްކުމާ ގުޅިގެން، ޔުނައިޓެޑް ޓެލެންޓް އެޖެންސީއިން ވަނީ އޭނާ ކަނޑާލާފަ އެވެ.
އޭގެ ފަހުން ވެސް މައި ހޮލީވުޑް ސްޓޫޑިއޯތަކުން އޭނާއަށް މަސައްކަތް ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށް އޭނާ ކުރިން ވެސް ބުނެފައިވެ އެވެ.
އެހެންނަމަވެސް، މި ފަހަރު އޭނާ ލީޑު ރޯލުން ފެނިގެންދާ "ދަ އެކޯ ޗެމްބާ" ފިލްމުގެ ޑައިރެކްޓަރު އެންޑްރީއާ ވަނީ އެފަދަ އިންޒާރުތަކަށް ބޯނުލަނބައި ސޫޒަން އާއެކު މަސައްކަތް ކުރުމަށް ނިންމާފަ އެވެ. އެކަމަށްޓަކައި ޑައިރެކްޓަރަށް ސޫޒަން ވަނީ ހޫނު ޝުކުރެއް އަދާކޮށްފަ އެވެ.
މާލެެ ސިޓީ ކައުންސިލްގެ ދެ ބައްދަލުވުމަށް 1.15 މިލިއަން ރުފިޔާ
ރޭގަނޑު 9 ޖެހުމުގެ ފަހުން ކާ މީހުންނަށް ޑޮކްޓަރުންގެ އިންޒާރެއް!
"ރާޒް"ގެ ކާމިޔާބީއަށްފަހު މާލިނީ ބޮލީވުޑް ދޫކޮށްލީ ކީއްވެ؟