ހޮލީވުޑް ބޯލްގައި މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ބޭއްވި ކޮންސެޓެއްގައި އޭނާގެ ގާތް ފަރާތެއް ކަމަށްވާ ލަވަކިޔުންތެރިޔާ ޑޮލީ ޕާޓަންއަށް ހާއްސަ ޓްރިބިއުޓްއެއް ދީފި އެވެ.

މި ކޮންސެޓުގެ ތެރެއިން މައިލީ ސައިރަސް ވަނީ ޑޮލީ ޕާޓަންއާއެކު އޮތް ގާތްކަމާއި ހަނދާންތައް އާކޮށްފަ އެވެ. އަދި ޑޮލީ ޕާޓަން އެންމެ މަޝްހޫރު ކޮށްދިން އެއް ލަވަ ކަމަށްވާ "ޖޮލީން" ވެސް ހުށައަޅައިދިނެވެ.

އެއްވެ ތިބި މީހުންނާ ވާހަކަ ދައްކަމުން މައިލީ ބުނީ، ޑޮލީ މިހާރު ދުނިޔޭގައި ނެތް ނަމަވެސް އޭނާ އަބަދުވެސް ކައިރީގައި ވާ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

"މިހާރު ކުރިއަށްވުރެ ބޮޑަށް އޭނާ އަހަރެންގެ ކައިރީގައި ވާހެން ހީވޭ. އަހަރެމެން ދެމީހުންނަކީ އަބަދަށްޓަކައި އެކުގައިވާ ބައެއް،" ރޮވިފައި ހުރެ މައިލީ ބުންޏެވެ.

މި ހިތްގައިމު ހުށަހެޅުމާއެކު، ކޮންސެޓަށް އެއްވެ ތިބި މީހުން ވަނީ މައިލީއަށް ހިތްވަރުދީ ތަރުހީބު ދީފި އެވެ. ޑޮލީ ޕާޓަން އަކީ މައިލީގެ މިއުޒިކީ ކެރިއަރަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވައި، އާއިލީ ގާތްކަމެއް ބަހައްޓާފައިވާ ފަންނާނެކެވެ.