ރާއްޖޭގެ ގިނަ ރަށްތަކަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އުވާލައި ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށާއި، މަގުހެދުމުގެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި އެމްޓީސީސީއާ އެއްކޮށްލުމަށް ސަރުކާރުން ނިންމައިފި އެވެ.
މި މުހިންމު ނިންމެވުން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު އެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ މި ނިންމެވުމާ ގުޅިގެން ކުރިއަށްގެންދާ މަރުހަލާތައް ނިމުމުން، މުޅި ރާއްޖެއަށް ޔުޓިލިޓީ ހިދުމަތްތައް ދޭ މައިގަނޑު ކުންފުންޏަކަށް ވެގެންދާނީ ސްޓެލްކޯ ކަމަށެވެ. އެގޮތުން ފެނަކައިން މިހާރު ދެމުންގެންދާ އެންމެހައި ހިދުމަތްތަކާއި އެ ކުންފުނީގެ މަސައްކަތްތައް އެއްކޮށް ސްޓެލްކޯގެ ދަށަށް ބަދަލުކުރެވި، ފެނަކަ އުވާލެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ހަރަކާތްތެރިވާ އާރްޑީސީ ވެސް އެއްކޮށް އުވާލުމަށްފަހު، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
12 އަހަރުގައި ފޯނު ގެންގުޅޭ ކުދިންނަށް ސިއްހީ މައްސަލަތަކެއް!
އީރާނުގެ ސުލްހައިގެ ޕްލޭނަށް ޓްރަމްޕް ދެކޮޅު ހަދައިފި
ރަސްމާލެ މަޝްރޫއުގެ ލިޔެކިޔުން ގެއްލި ފުލުހުން ފޯރިމަރަނީ