ހަނގުރާމައިގެ ނުރައްކާ ބޮޑުވެފައިވާ ޔޫކްރެއިންއަށް ހޮލީވުޑްގެ ތަރި އެންޖެލީނާ ޖޯލީ އޭނާގެ ދަރިފުޅު ނޮކްސްއާއެކު ޒިއާރަތެއް ކޮށްފި އެވެ.
މަޝްހޫރު ބަތަލާ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެންޖެލީނާ ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ޔުކްރޭންގެ ކާރްކީވް ސިޓީގެ ބޮކްސިންގް ކްލަބް އަކަށެވެ.
ޔުކްރޭންގެ ބޮކްސިންގް ފެޑެރޭޝަނާއި އެ ކްލަބުގެ ވެރިފަރާތުން ހާމަ ކޮށްފައިވާ ގޮތުގައި، މި ޒިޔާރަތަކީ އެ ތަނުގައި ތިބި އެތުލީޓުންނާއި ރައްޔިތުންނަށް ލިބުނު މުޅިން އައު އަދި އުފާވެރި ހައިރާންކަމެކެވެ.
ޔުކްރޭންގެ ބޮކްސިންގް ފެޑެރޭޝަނުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މި ޒިޔާރަތުގެ ތެރެއިން އެންޖެލީނާގެ ދަރިފުޅު ނޮކްސް ވަނީ އެ ސަރަހައްދުގައި ގައުމު ދިފާއުކުރަން ތބި ޔުކްރޭންގެ ސިފައިންނާއި ދިފާއީ ބާރުތަކުގެ މީހުންނާއެކު "މުއޭ ތާއީ" ޓްރެއިނިންގް ސެޝަނެއްގައި ބައިވެރިވެފަ އެވެ.
ރަޝިޔާގެ ޑްރޯނާއި މިސައިލް ހަމަލާތައް ކެނޑިނޭޅި އަމާޒުވަމުންދާ ކާރްކީވް ސިޓީއަކީ ޔުކްރޭންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ އެވެ. މި ކްލަބުގެ އާދައިގެ ތަމްރީނު ދުވަހަކަށް މި ޒިޔާރަތް ވެގެންދިޔައީ ވަރަށް ހާއްސަ ހަނދާނަކަށެވެ.
ކްލަބުގެ ވެރިމީހާ ބުނިގޮތުގައި، އެ ދުވަހު ޖިމަށް ބުކިންގްއެއް އައި ނަމަވެސް، އެއީ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ތަރިއެއް ކަމަށްވާ އެންޖެލީނާ ކަމެއް އަދި އޭނާގެ ދަރިފުޅު އަންނާނެކަމެއް ކުރިން ލަފާކުރެވިފައެއް ނެތެވެ.
"އެއީ އެއްވެސް މީހަކު ކުރިން އުއްމީދުކުރި ކަމެއް ނޫން، އަދި އެއީ އޭއައި އިން ހަދާފައިވާ ފޭކެއްވެސް ނޫން. މުޅިން ކުއްލިއަކަށް ހިނގި ކަމެއް،" އުފާ ފާޅުކުރަމުން ޕިވްލޯ ބުންޏެވެ.
ރަޝިޔާއިން 2022 ވަނަ އަހަރު ޔުކްރޭނަށް ފުރިހަމައަށް އަރައިގަތުމުގެ ހަނގުރާމަ ފެށި ފަހުން، ކުރިން އދ. ގެ ރެފިއުޖީ އެޖެންސީގެ ހާއްސަ މަންދޫބެއްގެ ގޮތުން މަސައްކަތްކުރި އެންޖެލީނާ ވަނީ މީގެ ކުރިންވެސް އެ ގައުމަށް ދެ ފަހަރު ޒިޔާރަތް ކޮށްފަ އެވެ.
އޭނާގެ މިފަދަ ޒިޔާރަތްތަކަކީ ހަނގުރާމައިގެ ސަބަބުން ނިކަމެތިވެފައިވާ އާންމުންނާއި ކުޑަކުދިންނަށް ހިތްވަރުދީ، އެ މީހުންނާ އެކުގައިވާކަން ހާމަ ކޮށްދިނުމުގެ ގޮތުން ކުރަމުންދާ އިންސާނީ މަސައްކަތްތަކެކެވެ.
ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލްކުރަނީ
އިނގިރޭސިވިލާތުން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް!