ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސްގެ ކުރިއަށް އޮތް 10 ވަނަ އަލްބަމް "ބޭސް ޕާސުއޭޑްސް"އާ ގުޅިގެން ހޮލީވުޑް ބޯލް ގައި ބާއްވާ ކޮންސާޓުތަކުގެ ޓިކެޓު ގަތުމަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައިޓިކެޓު ވިއްކަން އިއުލާން ކުރުމާއެކު، ވާޗުއަލް ކިޔޫގައި 1.5 މިލިއަނަށްވުރެ ގިނަ މީހުން ޖަމާވެ، އެ ވެނިއުގެ ތާރީހުގައި އާ ރެކޯޑެއް މުގުރާލާފައިވެ އެވެ.
މިއީ 2022 ވަނަ އަހަރަށްފަހު މައިލީ ބާއްވާ ފުރަތަމަ ބޮޑު ލައިވް ޝޯތަކެވެ. އޮކްޓޯބަރު 16 އަދި 18 ގައި ހޮލީވުޑް ބޯލްގައި ބާއްވަން ހަމަޖެހިފައިވާ މި ދެ ޝޯގެ ޓިކެޓުތަކަށް އުފެދުނު މި ބޮޑު ޑިމާންޑާއެކު، އޭނާގެ ސަޕޯޓަރުން ކެތްމަދުވެފައި ތިބި މިންވަރު ވަނީ ހާމަވެފަ އެވެ.
މިކަމާ ގުޅޭގޮތުން އިންސްޓަގްރާމްގައި ހިޔާލު ފާޅު ކުރަމުން މައިލީ ބުނީ، ހޮލީވުޑް ބޯލްއަކީ އޭނާ މިއުޒިކް ތަޖުރިބާ ކޮށްލަން އެންމެ ލޯބިކުރާ އެއް ތަން ކަމަށާއި، މީގެ ކުރިން އެތައް ފަހަރަކު އެތަނުގެ ގޮނޑިތަކުގައި އިނދެގެން ޝޯތައް ބެލި ނަމަވެސް، އެ ސްޓޭޖަށް އަރާފައި ނުވާނެ ކަމަށެވެ.
އެއާއެކު ލޮސް އެންޖެލަސްއަކީ އޭނާގެ ހިތް ކަމަށާއި، އަމިއްލަ ރަށަށް މި ޝޯ ހިފައިގެން ދެވޭތީ ވަރަށް އުފާވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
މި ޝޯތަކާ ގުޅިގެން ނުކުންނަ އޭނާގެ އާ އަލްބަމް "ބޭސް ޕާސުއޭޑްސް"އަށް ވެސް ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިއީ މިއުޒިކީ ހަބަރުތަކުގައި އެންމެ ބޮޑަށް ވާހަކަ ދެކެވޭ އެއް މައިގަނޑު މައުލޫ އެވެ.
އައިފޯން 18 ސީރީޒް: ސެމްސަންގްއިން ބުނަނީ އާ ކަމެއް ނެތް ކަމަށް!
މީހުންގެ ތެރޭގައި ވެސް އެކަނިވެރިކަން އިހުސާސް ކުރެވެނީ ކީއްވެ؟
ރާނީއަށް ބޮލީވުޑްގެ ހާއްސަ ޝަރަފެއްގެ ގޮތުގައި ރާޖް ކަޕޫރު އެވޯޑު