ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަދި އެހާމެ މަޝްހޫރު ބޮލީވުޑްގެ ބަތަލާ ޕްރިތީ ޒިންތާ އަކީ ފާއިތުވި އަހަރުތަކުގައި ސިނަމާއަށް އެތައް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ތަރިއެކެވެ.
ނަމަވެސް، އޭނާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ހާމަކޮށްފައިވާ ގޮތުގައި، އަމިއްލަ ފިލްމުތައް ސްކްރީނުން ބެލުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމެކެވެ. ފިލްމެއް ނިމުމަށްފަހު އަމިއްލަ އެކްޓިންގް ސްކްރީނުން ބަލަން ބޭނުންނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޕްރިތީ ފާހަގަ ކޮށްފައިވާ ގޮތުގައި، ފިލްމީ ދާއިރާގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައި ވީނަމަވެސް، ސްކްރީނުން އަމިއްލަ ނަފްސު ފެނުމުން އޯޑިއަންސެއްގެ ގޮތުގައި ފިލްމު އުފަލާއެކު ބަލާލަން އޭނާއަކަށް ނުކުރެ އެވެ.
"ކޮންމެހެން ބަލަން ބޭނުން ނުވަނީއެއް ނޫން. އެކަމަކު އަހަންނަކަށް ނުބެލޭ. ސްކްރީނުން އަމިއްލަ ނަފުސު ފެނުމުން ވަރަށް އުނދަގޫވޭ. އަހަރެންގެ ސިކުނޑިއަށް އަންނަނީ "މިއަށްވުރެ ރަނގަޅަށް މިކަން ކުރެވުނީހޭ" މި ހިޔާލު" ޕްރިތީ ބުނެފައިވެ އެވެ.
މި އިންޓަވިއުގައި ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވާ ފަންނާނުންނަށް ކުރިމަތިވާ "އިމްޕޯސްޓާ ސިންޑްރޯމް" (އަމިއްލަ ޤާބިލުކަމާމެދު ޝައްކު އުފެދޭ ޙާލަތު) އާ ބެހޭގޮތުންވެސް އޭނާ ވާހަކަ ދައްކާފައިވެ އެވެ.
ޕްރިތީ ބުނިގޮތުގައި 50 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައި ވީނަމަވެސް، އެ އިހުސާސްތައް މުޅިން ފިލައިގެން ނުދާ ކަމަށާއި އަމިއްލަ އެކްޓިންގްގެ ގާބިލުކަމާމެދު ފަނޑުކަމެއް ނުވަތަ އަމިއްލައަށް ފާޑުކިޔުންތައް އަމާޒުވުން ދެމިގެންދާ ކަމަށެވެ.
ޕްރިތީގެ މި ވާހަކަތަކުން އެންމެ ކާމިޔާބު މަޝްހޫރު ތަރިންނަކީވެސް އަމިއްލަ މަސައްކަތާމެދު ވަރަށް ބޮޑަށް ވިސްނައި، އަބަދުވެސް އިތުރަށް ފުރިހަމަ ކުރަން ބޭނުންވާ ބައެއްކަން އެނގެ އެވެ.
ކޭޕޮޕް ތަރި ލީސާގެ ޑޮކިއުމެންޓްރީއަށް އާއްމުންގެ ހޫނު ތަރުހީބެއް!
ފަނޑު އަލީގައި ނިދުން: ހިތުގެ ސިއްހަތަށް ގެއްލުންހުރި ކަމެއް!
ދީނުގައި ސާބިތުވެ ތިބުމަށް ރައީސް މައުމޫން އިލްތިމާސްކުރައްވައިފި