ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހާންގެ ކުރިއަށް އޮތް ފިލްމު "ޑާއެރާ"އަށް ސެންޓްރަލް ބޯޑް އޮފް ފިލްމު ސަޓިފިކޭޝަންއިން "އޭ" ކެޓަގަރީގެ ރޭޓިން ދީފި އެވެ.

މިއީ ކަރީނާގެ 25 އަހަރުވީ ދިގު ފިލްމީ ކެރިއަރުގައި "އޭ" ކެޓަގަރީގެ ރޭޓިންއެއް ލިބުނު 12 ވަނަ ފިލްމުކަން ފާހަގަ ކޮށްލެވެ އެވެ.

ކުނާލް ކޭމޫ ޑައިރެކްޓްކޮށް، އޭނާގެ ހާއްސަ "ވައިބް" ވެސް ހިމެނޭ މި ފިލްމަކީ އާންމުކޮށް ފެންނަ ރޮމޭންޓިކް ނުވަތަ ކޮމެޑީ ފިލްމުތަކާ ތަފާތު، ފުން މައުލޫއަކަށް ބިނާކޮށްފައިވާ އުފެއްދުމެކެވެ.

ފިލްމުގެ ކޮންޓެންޓް ހުރިގޮތުން ކުޑަކުދިންނަށް ނުބެލޭނެހެން އޭގެ ސެޓްފިކެޓް ހަމަޖެހިފައިވާއިރު، މިއީ ސިނަމާތަކުގައި ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވޭ ފިލްމެކެވެ.

ފިލްމު އިންޑަސްޓްރީގައި ކަރީނާއަކީ އަބަދުވެސް ތަފާތު އަދި ގޮންޖެހުން ބޮޑު ރޯލުތައް ކުޅުމަށް ޝައުގުވެރިވާ ބަތަލާއެއްކަން ފާހަގަކުރަމުން، ސިނަމާތަކަށް މި ފިލްމު ނުކުންނަ އިރު ބެލުންތެރިންގެ މެދުގައި ބޮޑު އިންތިޒާރެއް އޮތްކަން މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ސީބީއެފްސީއިން ދޭ "އޭ" ކެޓަގަރީއަކީ އެ ފިލްމެއްގައި ކުޑަ ކުދިންނާ ނުގުޅޭ މަންޒަރާއި އަޑު ހުރުުމުގެ ސަބަބުން ބޮޑެތި މީހުންނަށް އެކަނި އަމާޒުނުރެވޭ ފިލްމެއްކަން އަންގައިދޭ ރޭޓިން އެކެވެ.