މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 05:30 އިން 11:30 އާ ހަމައަށް، ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
ނިމިދިޔަ ހަފްތާއިން ފެށިގެން މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު، ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީއާއި އިތުރު ބައެއް ރަށްތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.
މޫސުން ގޯސް މި ދަނޑިވަޅުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
78 ވަނަ އެމީ އެވޯޑްސް: އެންމެ މޮޅު ތަރިންނާއި ޝޯތައް!
ޑާކް ޗޮކްލެޓު: ހަގީގަތުގައި ވެސް ސިއްހަތަށް ފައިދާހުރި ބަދަލެއް؟
6 އަހަރަށްފަހު ބޭއްވި ސެލީންގެ ފުރަތަމަ ކޮންސެޓު ކާމިޔާބު!