ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިޔާސީގޮތުން ގިނަ ބަޔަކަށް ޕްރޮމޯޝަން ދީފި އެވެ.
އެނގިފައިވާގޮތުގައި ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރަން ޕީސީބީން އަންގާފައި ވަނިކޮށް ޕީއެންސީއަށް ނިސްބަތްވާ 9 މުވައްޒަފަކަށް ބޮޑު މުސާރަ ލިބޭގޮތަށް ވަނީ އިއްޔެ ޕްރޮމޯޝަން ދީފަ އެވެ.
ސިޔާސީގޮތުން ޕްރޮމޯޝަން ދިންގޮތުގެ ތަފްސީލް
- ހަސަން ޝަހީދު - ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ޑިރެކްޓަރު)
- މުހައްމަދު ސައިފް އަބްދުﷲ - ސޭލްސް (ޑިރެކްޓަރު)
- އަހްމަދު ސޮފްވާން - ރިއަލް އެސްޓޭޓް މެނޭޖްމަންޓް (ޑިރެކްޓަރު)
- މަރިޔަމް އިއުތިޝާމް - ކޯސްޓް ޕްލޭނިން އެންޑް ކޮންޓްރެކްޓިން (ޑިރެކްޓަރު)
- އަބްދުއްސަލާމް - ކޮންޓްރެކްޓް މެނޭޖްމަންޓް (ޑިރެކްޓަރު)
- އަލީ ވަޖީހު - ޕްރޮޖެކްޓް މެނޭޖްމަންޓް (ޑިރެކްޓަރު)
- އަހްމަދު އަސްބާހް - އިންޓާނަލް އޮޑިޓް (ޑެޕިއުޓީ ޑިރެކްޓަރު)
- ހުސައިން ޝާމިލް - ރިސްކް އެންޑް ކޮމްޕްލަޔަންސް (ޖެނެރަލް މެނޭޖަރު)
- އިބްރާހިމް ޖިލާން - އާބަން ޕްލޭނިން (ޑެޕިއުޓީ ޑިރެކްޓަރު)
އެޗްޑީސީގައި ޑިރެކްޓަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެނީ 58،000ރ. އެވެ. ޑެޕިއުޓީ ޑިރެކްޓަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެނީ 48،000ރ. އެވެ.
އެޗްޑީސީން ސިޔާސީ ގޮތުން ޕްރޮމޯޝަން ދީފައި މިވަނީ އެފަދަ ކަންތައްތައް ދެން ކުންފުނިތަކުން ނުހިންގާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.
އަބްދުރަހީމާއެކު ޕީއެންސީގެ ބޮޑު ވަފުދެއް ޕާކިސްތާނަށް
ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
