ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އެމާ ރޮބާޓްސް އާއި އޭނާގެ ލޯބިވެރިޔާ، އެކްޓަރު ކޯޑީ ޖޯން ކައިވެނިކޮށް، ކައިވެނީގެ ހާއްސަ މަންޒަރުތައް ފުރަތަމަ ފަހަރަށް އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކޮށްފި އެވެ.
ދެ އަހަރު ދުވަހުގެ ލޯބީގެ ގުޅުމަކަށްފަހު، އެމީހުން ކައިވެނި ކޮށްފައިވަނީ މި އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ. ނަމަވެސް، ކައިވެނީގެ ހާއްސަ ފޮޓޯތައް އެމާ އާންމު ކޮށްފައިވަނީ މިފަހުންނެވެ.
ކުލަގަދަ ބޮޑު ހޮލީވުޑް ހަފްލާއެއްގެ ބަދަލުގައި، މި ދެތަރިން ކައިވެނި ހަފްލާ ބާއްވާފައިވަނީ އައިޑަހޯގެ ސަން ވެލީގެ ފަރުބަދަމަތީގެ ގުދުރަތީ ރީތި މާހައުލެއްގަ އެވެ.
އާއިލާއާއި ގާތް ރައްޓެހިންނާއެކު ބޭއްވި މި ހަފްލާގެ އެންމެ އަސަރުގަދަ އެއް މަންޒަރަކީ އެމާގެ ކުޑަ ދަރިފުޅު ރޯޑްސް، އޭނާގެ މަންމަގެ އަތުގައި ހިފައިގެން ދިޔަ މަންޒަރެވެ.
މި ހަފްލާގައި އެމާ ފެނިގެންދިޔައީ ތައި-ހައި ސްލިޓް ހިމެނޭ ހުދުކުލައިގެ ޝިފޯން ގައުންއެއްގަ އެވެ. ކޯޑީ ޖޯން ހުރީ ކްލެސިކް ކަޅުކުލައިގެ ޓަކްސީޑޯއެއްގަ އެވެ.
އެމާ އާއި ކޯޑީގެ ލޯބީގެ ގުޅުން ފެށިފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެމީހުންގެ އެންގޭޖްމަންޓް އިއުލާންކުރީ 2024 ވަނަ އަހަރުގެ ޖުލައި މަހު އެވެ.
އަމިއްލަ ދިރިއުޅުމުގެ މައުލޫމާތު އާންމުންނަށް ސިއްރު ކުރަން ލޯބިކުރާ މި ދެތަރިން ވަނީ ކައިވެނީގެ ތަފްސީލުތައް ވެސް ވަރަށް ބޮޑަށް ސިއްރުކޮށްފަ އެވެ.
އެމާ ރޮބާޓްސްއަކީ "އެމެރިކަން ހޯރާ ސްޓޯރީ" އަދި "ވީ އަރ ދަ މިލަރސް" ފަދަ މަޝްހޫރު ފިލްމުތަކާއި ސީރީޒްތަކުން ފެނިގެންގޮސްފައިވާ ތަރިއެކެވެ. މިއީ އޭނާގެ ފުރަތަމަ ކައިވެންޏެވެ.
މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
ޣައިރު މުސްލިމުންނަށް ރަސްމާލެއިން ބިން ލިބުމަކީ ނުރައްކަލެއް