ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މަޖްލިސް މެމްބަރު އަހުމަދު އީސަ އޭނާގެ ކުރީ އަނބިކަނބަލުންނަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އީސަގެ ކުރީގެ އަނބިކަނބަލުންނަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމްއާ އެވެ. އެ ދެ މީހުންގެ މިހާރު ދެ އަހަރުގެ ތުއްތު ފިރިހެން ބޭފުޅަކު ވެސް ހުރެ އެވެ.
މެމްބަރު އީސަ ދިރިއުޅުއްވާ ގޭގެ އަވަށްޓެރިއަކު "ހުރިހާ"އާ ވާހަކަދައްކަމުން މިއަދު ބުނީ އީސަގެ އަސްރާއަށް އަނިޔާކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އީސަގެ އަޑުގަދަކުރާ އަޑު ވެސް ވަރަށް ބޮޑަށް އިވުނު ކަމަށް ވެސް އެ މީހާ ބުންޏެވެ.
"އީސަ އަނިޔާކުރި ކަމަށް ބުނެގެން ފުލުހުން ވެސް އައި. މިހާރު މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން،" އޭނާ ބުންޏެވެ.
އެ މީހާ ބުނީ އީސަ އަސްރާއަށް އަނިޔާކުރުމުން އައިޖީއެމްއެޗް ގޮސް ޑޮކްޓަރަށް ވެސް ދެއްކި ކަމަށް އެނގިފައިވާ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން އީސަގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އީސައާ ބެހޭ ގެވެށި އަނިޔާގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އަހަރެންގެ ހަޔާތުގެ ވާހަކަތައް އަހަންނާއެކު ވަޅުލެވޭނެ: ސަލްމާން
ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނަކީ މުއިއްޒު: ފައްޔާޒު
އެލާމްއަކާ ނުލާ ގަވާއިދުން ހޭލަން ބޭނުންތަ؟ މިއޮތީ ސިއްރު!
އެމްޑީޕީ ވީމާ ވަކަރުގެ ކުދިން ސިފަހުންނާނެ މުސްކުޅި ވިއަސް
ދެންތިނިމުނީ ދެން ތިކަންދާނީ ޗޮކުން އެމްޑީޕީ މީހަކު ވެއްޖިއްޔާ
ތިޔަ އެމްޑީޕީ ގައި ސަހަލު އެކަތި ވެސް ނުހުންނާނެ