ހުޅުމާލޭގެ ބޮޑު ބިމެއް، ފިނޭންސް މިނިސްޓްރީން 94.5 މިލިއަން ރުފިޔާއަށް ގަނެފި އެވެ.
ފިނޭންސް މިނިސްޓްރީން ގަނެފައި ވަނީ ހުޅުމާލޭގެ ލޮޓް ނަންބަރު 11516 ގެ ގޮތުގައި ފާހަގަކޮށްފައިވާ 25,011.43 އަކަފޫޓުގެ ބިމެކެވެ. އެ ބިން ގަތުމަށް ދައުލަތުގެ ބަޖެޓުން 94,543,205.40 ރުފިޔާ ވަނީ އެޗްޑީސީއަށް ދައްކައި ހަލާސްކޮށްފަ އެވެ.
ނަމަވެސް މިއީ ކީއްކުރަން އެ މިނިސްޓްރީން ގަތް ބިމެއްކަން އަދި އެނގިފައެއް ނުވެ އެވެ.
މި މުއާމަލާތަކީ ޝަރުއީ އަދި ގާނޫނީ ގޮތުން ސައްހަ މުއާމަލާތެއް ކަމަށް ސިވިލް ކޯޓުން މިހާރު ވަނީ ކަނޑައަޅައި ހުކުމްކޮށްފަ އެވެ. އަދި މި މައްސަލައަކީ ބިމުގެ މިލްކުވެރިކަން ރަސްމީކޮށް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށްޓަކައި، "ބިމާއި އިމާރާތް ވިއްކުމުގެ މައްސަލަ" އެއްގެ ގޮތުގައި އެޗްޑީސީން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްލާމީ ޝަރީއަތުގައި ވިޔަފާރިއެއް ފުރިހަމަވުމަށް ބޭނުންވާ މައިގަނޑު ރުކުންތައް ފުރިހަމަވެ، އަގު އެއްކޮށް އަދާކޮށްފައިވާކަން ލިޔެކިޔުންތަކުން ސާބިތުވެ އެވެ. އެހެންކަމުން އެ ބިމުގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރުމަށް ޝަރުއީ އަދި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފަ އެވެ.
އަންނަ އަހަރުގެ ބަޖެޓް މަސައްކަތް 2 ހަފްތާއިން ނިންމަނީ
ބާލީސް ބާވެ ހަޑިވުން: ސަމާލުވާންޖެހޭ ސަބަބުތަކާއި ހައްލު
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި