ރިޒާވް ބޭންކު އޮފް އިންޑިއާ މެދުވެރިކޮށް ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދީފި އެވެ.
އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، މި ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް އެ ގައުމުން ނިންމީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ރާއްޖޭގެ މާލީ ތަނަވަސްކަމާއި އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް އެހީތެރިވުމުގެ ބޭނުމުގައި ކަމަށެވެ. މި ނިންމުން ނިންމީ ދިވެހި ސަރުކާރުގެ އެދުމަކަށެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންޑިއާގެ ރިޒާވް ބޭންކު މެދުވެރިކޮށް 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ފުރަތަމަ ބައި ނަގާފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މަރުކަޒީ ބޭންކުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ހަމަޖެހިފައިވާ މާލީ އެހީތެރިކަމެކެވެ.
2024 އިން 2027 އަށް އެކުލަވާލާފައިވާ ސާކް ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން، އިންޑިއާ ރުޕީސް ބޭނުންކޮށްގެން ހިންގާ މި ކަރަންސީ ސްވޮޕްގައި އިންޓްރެސްޓް ރޭޓަށާއި އެހެނިހެން ޝަރުތުތަކަށް ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. ސާރކް ކަރަންސީ ސްވޮޕް ފްރޭމްވޯކް 2012 ވަނަ އަހަރު ތައާރަފުކުރި ފަހުން އިންޑިއާގެ ރިޒާވް ބޭންކު މެދުވެރިކޮށް 1.1 ބިލިޔަން އެމެރިކާ ޑޮލަރުގެ ސްވޮޕް އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވާ ކަމަށް ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ.
30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކުރުމަށް އިންޑިއާއިން ނިންމިއިރު، އެ ގައުމުން ފޯރުކޮށްދިން 400 މިލިޔަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް ސަރުކާރުން ވަނީ ދައްކާ ހަލާސްކޮށްފަ އެވެ. މީގެއިތުރުން 2019 ވަނަ އަހަރު އިންޑިއާ ސަރުކާރު މެދުވެރިކޮށް 3 ބުރެއްގެ މަތިން ނެގި 150 މިލިޔަން ޑޮލަރުގެ ދަރަނިވެސް ސަރުކާރުން ވަނީ ދައްކާފަ އެވެ.
އޮޑިޓް: 2022 ގައި ވެމްކޯއަށް 127 މިލިއަންގެ ބޮޑު ގެއްލުމެއް
އެލާމްއަކާ ނުލާ ގަވާއިދުން ހޭލަން ބޭނުންތަ؟ މިއޮތީ ސިއްރު!
ފިނޭންސް މިނިސްޓްރީން 94.5 މިލިއަނަށް ހުޅުމާލެއިން ބިމެއް ގަނެފި
