ރަސްމާލޭގައި ވޯޓާފްރަންޓާއި މެރީނާއެއް ތަރައްގީކުރުމަށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.
ސަރުކާރުން މިކަން ހާމަކޮށްފައި ވަނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފޮނުއްވި ސުވާލުތަކަށް ހައުސިން މިނިސްޓްރީން ފޮނުވި ޖަވާބުގަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ރިއަލް އެސްޓޭޓް މަޝްރޫއެއް ހިންގުމަށް އީގަލް ހިލްސްއާއެކު ސޮއިކުރީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓެޑް ޕްރޮޕޯސަލް" އުސޫލުން ކަމަށެވެ. އެގޮތުން، އެ ކުންފުންޏާއެކު "ކޮމާޝަލް ޓާމްސް އެގްރީމެންޓް" ގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
ދައުލަތުގެ ފައިސާއިން ހިއްކި ރަސްމާލެއިން 500 ހެކްޓަރުގެ ބިން އެކުއިޒިޝަން ކޮސްޓެއް އަދި ބިމުގެ ކުއްޔެއް ނުނަގާ ގޮތަށް 99 އަހަރަށް ދޫކުރަން ސަރުކާރުން ނިންމާފައިވާއިރު، އެކަމަށް ގާނޫނީ ގޮތުން ފަހިކުރުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެ ކުންފުންޏާއެކު ދާއިމީ އެއްބަސްވުމުގައި ސޮއިކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
މި މަޝްރޫއުގެ ދަށުން ރަސްމާލެއިން ތަނެއް ވިއްކާލުމުން، އެ ތަނެއް ގަންނަ ފަރާތަކަށް 99 އަހަރުގެ އާ ލީސް ޕީރިއަޑެއް ލިބޭނެ ކަމަށް އީގަލް ހިލްސްއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ކުރީގެ ކައުންސިލަރު އައިމަންގެ ބަންދަށް އިތުރު 30 ދުވަސް
ރަސްމާލޭން 500 ހެކްޓަރުގެ ބިން ހިލޭ އީގަލްސް ހިލްސް އަށް ދޭން ޖެހުނީ ކީއްވެތޭ މަޖްލީހުގެ މެމްބަރުން ސުވާލު ކުރަންވީ ނޫންތޭ ހިލޭދިނީ ކިހާ ވަރެއްގެ ކަޓެއްދީގެންތޭ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ ބުނެދީ