ގދ. ފަރެސްމާތޮޑާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ ފަރެސްމާތޮޑާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 4:15 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން އެ ސަރަހައްދަށް ގޮސް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ރަށު ކައުންސިލާ ގުޅިގެން އެ ގޭގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފަ އެވެ.
މި ހާދިސާގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބުނަސް އެގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ގޭގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކަރީނާއަށް ސައިފް 3 ފަހަރެއްގެ މަތިން ކައިވެނި ހުށައެޅި!
ރަސްމާލެ ޕްރޮޖެކްޓް މިހާރު އޮތްގޮތަށް ހުއްޓުވުމަކީ ދީނީ ވާޖިބެއް
15 އަހަރު ކުރީގެ މައްސަލައެއްގައި ރާކީ ހައްޔަރު ކުރަން އަމުރެއް!
