މަޝްހޫރު ބޮލީވުޑް ބަތަލާ ޝްރައްދާ ކަޕޫރްގެ އަންނަން އޮތް ފިލްމު "އީތާ" ގެ ޓްރެއިލާގައި އޭނާ ބޭނުންކުރި މަރާޓީ އެކްސެންޓަށް އަމާޒުވި ފާޑުކިޔުންތަކަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި، އޭނާއަކީ އަބަދު ފޯނު ބަލާ މީހެއްވެސް ނޫން ކަމަށް ބުނެފި އެވެ.
ޝްރައްދާ މިކަން ހާމަކުރީ ދާދިފަހުން ސޯޝަލް މީޑިއާގައި ކުރިއަށްގެންދިޔަ "އާސްކް މީ އެނީތިން" ސެޝަނެއްގައި، އޭނާއަށް އަމާޒުވާ ފާޑުކިޔުންތަކާ ކުރިމަތިލަނީ ކިހިނެއްތޯ ސަޕޯޓަރަކު އެހި ސުވާލަކަށް ޖަވާބު ދެމުންނެވެ.
މި ސުވާލަށް ޖަވާބުދެމުން ޝްރައްދާ ބުނީ، އޭނާގެ ހަޔާތުގައި ނެގެޓިވް ކަންކަމާ ދުރުވެ ހުރުމުގެ އެންމެ ބޮޑު ސިއްރަކީ ފޯނާ ދުރުގައި ހުރުން ކަމަށެވެ. އަދި އޭނާގެ މެނޭޖަރެއް ނުވަތަ އެޖެންސީއެއް ނުހުންނައިރު، ފޯނަށް ޖަވާބު ނުދީގެން ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ޝަކުވާ އަބަދުވެސް އަންނަ ކަމަށް އޭނާ ފާހަގަކުރި އެވެ. "ހަގީގަތުގައި ފާޑުކިޔުންތައް ހޭންޑަލެއް ނުކުރަން. އެކަމުގައި ހޭންޑަލް ކުރާނެ ކޮން އެއްޗެއް؟ ވައިބާ އަދި ވަޓްސްއެޕްވެސް ރަނގަޅަށް ބަލާނުލެވޭ. ބޭނުންވަނީ ހަމައެކަނި މަސައްކަތަށް ސަމާލުކަން ދީގެން ކުރިއަށްދާން،" ޝްރައްދާ ބުންޏެވެ.
ލަކްޝްމަން އުޓޭކަރު ޑައިރެކްޓްކޮށް، ދިނޭޝް ވިޖަންއާ ގުޅިގެން ޕްރޮޑިއުސްކުރާ "އީތާ" އަކީ މަހާރާޝްޓްރާގެ މަޝްހޫރު 'ތަމާޝާ' އަދި 'ލަވަނީ' ނެށުމުގެ ރާނީގެ ގޮތުގައި މަޝްހޫރުވި ވިތާބާއީ ނަރަޔަންގާއޮންކާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބަޔޮގްރަފިކަލް ޑްރާމާއެކެވެ. މުހައްމަދު ޒީޝާން އައްޔޫބް އަދި ސިދާތު ޖާދަވްވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 4 ޑިސެމްބަރު 2026 ގައެވެ.
މި ފިލްމުގައި ޝްރައްދާ ކުޅޭ ވިތާބާއީ އަކީ ފަންނީ ދާއިރާއަށް ކޮށްދިން އަގުހުރި ހިދުމަތްތަކަށްޓަކައި އިންޑިއާގެ ރައީސްގެ ޝަރަފުވެރި އެވޯޑު ދެ ފަހަރެއްގެ މަތިން ހާސިލުކޮށް، މަހާރާޝްޓްރާގެ ސަގާފީ ފަންނުގައި ފާހަގަކޮށްލެވުނު ޝަހުސިއްޔަތެކެވެ. އޭނާ ވަނީ 2002 ވަނަ އަހަރު މަރުވެފަ އެވެ.
ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް ޖަހައިފި
ވެށި ފަހި ޕްރޮގްރާމުން ދައުލަތަށް ލިބިފައިވާ 48 ބިން ވިއްކާލަނީ
ހޯކްސްއިން ޕެޓްރޯލް ލީޓަރެއްގެ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި