އީރާނާ ދެކޮޅަށް އިޒްރޭލުން ކުރިއަށްގެންދާ މިޝަން އަދިވެސް ނުނިމޭ ކަމަށާއި، އެ ގައުމުން އަލުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިޒްރޭލުގެ ދިފާއީ މިނިސްޓަރު އިސްރާއީލް ކާޓްޒް ވިދާޅުވެއްޖެ އެވެ.
ކާޓްޒް ވިދާޅުވީ، އީރާނުގެ މައްސަލައިގައި އިޒްރޭލުން ކުރަންޖެހޭ މަސައްކަތްތައް އަދި ފުރިހަމަނުވާ ކަމަށެވެ. އަދި އީރާނުން ދަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް އަލުން އާލާކޮށް، އިޒްރޭލުގެ ނާޒުކު ސަލާމަތީ މަސްލަހަތުތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވަމުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން އީރާނުން ހިންގާ އެހެނިހެން ނުރައްކާތެރި ހަރަކާތްތަކުގެ ސަބަބުން އިޒްރޭލަށް ހަގީގީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށާއި، އެކަންކަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އިޒްރޭލުން އަޅަމުންދާނެ ކަމަށް ވެސް ދިފާއީ މިނިސްޓަރު ވިދާޅުވި އެވެ.
އީރާނުގެ ނިއުކްލިއާ މަޝްރޫއާއި ސަރަހައްދީ ނުފޫޒާ ގުޅިގެން އިޒްރޭލާއި އީރާނާ ދެމެދު އޮތް ނުވަތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާއިރު، އިޒްރޭލުން ދަނީ އީރާނުގެ އަސްކަރީ އަދި ނިއުކްލިއާ ވަސީލަތްތަކަށް އަމާޒުކޮށް ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުތައް ތަކުރާރުކޮށް ދެމުންނެވެ.
ބަލިވި ވަގުތު ބައިވެރިޔާ ދޫކޮށްދިޔަ: ޓެޑީ މެލެންކޭމްޕް
އަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި
ޝާހިދު ގްރޫޕުން ބޭރުކޮށްލީ ފޯނު ފުލުހުން ނެގުމުން: އެމްޑީޕީ