ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް މޯނީ ރޯއީގެ އުފަން ދުވަސް ފާހަގަކުރުމުގެ ހަަރަކާތްތައް ދިވެހި ރާއްޖޭގައި ކުރިއަށް އެބަދެ އެވެ.
ދާދި ފަހުން ލަންޑަން ކޮންފިޑެންޝިއަލް ފިލްމުގެ މަސައްކަތް ނިންމާލުމަށް ފަހު މޯނީ އާއި އޭނާގެ ރައްޓެހިން ރާއްޖެއަށް އައިސްފައިވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ.
މި ދަތުރުގެ އެކި ފޮޓޯތަކުން އޭނާގެ އިންސްޓަގްރާމް ވަނީ ފުރާލާފަ އެވެ.
އުފަންދުވަހު އޭނާގެ ފޭނުންނާއި ހިއްސާކުރި މެސެޖެއްގައި ވަނީ އުފަންދުވަހުގެ ތަހުނިޔާ ފޮނުވި އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ.
މޯނީ ރޯއީ އާއި އެކު މި ދަތުރުގައި ދެން ބައިވެރިވަނީ މަންދިރާ ބޭޑީ އެވެ. މި ދެތަރިން ޗުއްޓީ ހޭދަކުރަމުން ދަނީ ސޮނެވާގަ އެވެ.
މޯނީ އެންމެ ފުރަތަމަ މަޝްހޫރުވެގެން ދިޔައީ ހިންދީ ޓީވީ ސީރީޒް ތަކުންނެވެ. އެއަށްފަހު ބޮލީވުޑަށް ނުކުމެ 'މޭޑް އިން ޗައިނާ' ފަދަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވެ އެވެ.
 ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވުމުގެ ޝަރަފު!
			ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވުމުގެ ޝަރަފު!
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					