ވޮޝިންޓަން (05 ޖޫން) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޭސްބުކް އެކައުންޓް މަދުވެގެން އިތުރު ދެ އަހަރު ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރިކަން އެކުންފުނިން އިއުލާން ކޮށްފި އެވެ.
ހުކުރު ދުވަހު އާއްމުކުރި މި އިއުލާނާއެކު ފޭސްބުކް އިން ވަނީ އެ ކުންފުނީގެ ހަމަތަކާ ޚިލާފުވާ ދުނިޔޭގެ އެހެން ލީޑަރުންނާ މެދު ކަންތައް ކުރެވޭނެ ގޮތްވެސް އާއްމު ކޮށްފަ އެވެ.
ފޭސްބުކް އިން ފުރަތަމަ ޓްރަމްޕުގެ އެކައުންޓް ސަސްޕެންޑް ކުރީ ފާއިތުވި ޖެނުއަރީ މަހު އެމެރިކާގެ ކެޕިޓޯލްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. މި ނިންމުން އިތުރު ދެ އަހަރު ދުވަހަށް ދަންމާފައި ވާއިރު އަންނަ އަހަރު އޮންނަ ކޮންގްރެސްގެ އިންތިޚާބްގައި ޓްރަމްޕް އަށް ފޭސްބުކް ބޭނުމެއް ނުކުރެވޭނެ އެވެ.
އެ ޙާދިސާއާ ގުޅިގެން މީގެ ކުރިން ޓްވިޓާ އަދި ގޫގުލް އިންވެސް ވަނީ ދާއިމީކޮށް ޓްރަމްޕް އެ ޕްލެޓްފޯމް ތަކުން ސަސްޕެންޑް ކޮށްފަ އެވެ.
މި ނިންމުމާ ބެހޭގޮތުން ޓްރަމްޕް ވަނީ އެއީ އޭނާގެ ފިކުރު ހިންދާލުމަށާއި އޭނާއަށް ސަޕޯޓުކުރާ މީހުންނަށް ބޭއިހްތިރާމް ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބުނެ ފާޑު ކިޔާފަ އެވެ.—ރޮއިޓާސް
 ހައްޔަރުކުރި މީހުން ހުރާގެ ގެސްޓްހައުސްއެއްގައި ޑޮލަރު ގުނި!
			ހައްޔަރުކުރި މީހުން ހުރާގެ ގެސްޓްހައުސްއެއްގައި ޑޮލަރު ގުނި!
		 ގޯނާގެ 41 މައްސަލަ ރިޕޯޓު ކުރީ ކުޑަކުދިން އަމިއްލަ އަށް
			ގޯނާގެ 41 މައްސަލަ ރިޕޯޓު ކުރީ ކުޑަކުދިން އަމިއްލަ އަށް
		 ކަސްޓަމްސްގެ ދެ ޑެޕިޔުޓީ ކޮމިޝަނަރުން ވަކިކޮށްފި
			ކަސްޓަމްސްގެ ދެ ޑެޕިޔުޓީ ކޮމިޝަނަރުން ވަކިކޮށްފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					