ސްޓާ ޕްލަސްގެ މަޝްހޫރު ސީރީޒްއެއް ކަމަށްވާ އަނުޕަމާގެ ކައިވެނިކުރާ މަންޒަރެއް ނެގުމަށް އެ ސީރީޒްގެ ބަތަލާއެއް ވަނީ 10 ކިލޯގެ ބަރުމިން ހުރި ލެހެންގާއެއް ލާފަ އެވެ.
ކާވިއާ (މަޑަލްސާ ޝަރުމާ ) ޕިންކު ކުލައިގެ މި ލެހެންގާ ލާފައި ވަނީ ސީރިއަލްގެ ކައިވެނީގެ މަންޒަރެއް ނެގުމަށެވެ. ހަމައެހާ ބަރު ގަަހަނާ ވެސް އަޅާފައިވާކަން ވެސް އޭނާގެ އިންސްޓަގްރާމްގައި ޝެއާކޮށްފައިވާ ފޮޓޯއިން އެނގެ އެވެ.
މި ފޮޓޯތަކަށް އޭނާގެ ފޭނުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ. މަޑަލްސާއަކީ ޓެލެގޫގާ އާ ކައްނާޑާގެ އިތުރުން ބޮލީވުޑްގެ ފިލްމްތައް ވެސް ކުޅެފައިވާ ތަރިއެކެވެ.
އަނުޕަމާ ސީރީޒްއަކީ ފެށުނީއްސުރެން ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ސީރީޒްއެކެވެ. މި ހަފްތާގެ ވެސް ޓީއާރުޕީގެ އެންމެ މަތީގައި އޮތީ އަނުޕަމާ އެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުވާންޖެހޭ ދެތިން ކަމެއް!
ކޮފީއަކުން ސިއްހަތަށް ގިނަ ފައިދާތަކެއް!
ގައުުމުގެ ކަންކަން ރަނގަޅު ކުރަން މިހާރު އުނދަގޫވާނެ: ޣަފޫރު