އަލިއާ ބަޓް ލީޑް ރޯލްއިން ފެނިގެންދާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ގަންގޫބާއީ ކަތައިވަޑި" ގެ ޝޫޓިންތައް މިމަހު 15 ގައި ފަށަން ނިންމައިފި އެވެ.

މި ފިލްމް ގެ ޝޫޓިންތައް ހުއްޓާލާފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. ޝޫޓިންތައް ހުއްޓާލީ ރެކޯޑު އަދަދަކަށް ކޮވިޑް-19ގެ ކޭސްތަކެއް އިންޑިއާއިން ފެންނަން ފެށުމުންނެވެ.

ނަމަވެސް މިހާރު މަޑުމަޑުން ކޮވިޑް-19ގެ ކޭސްތައް މަދުވާން ފެށުމުން އިންޑިއާ ސަރުކާރުން މިވަނީ އައު ގައިޑްލައިންތަކަކާ އެކު މަހަރާޝްތްރާގައި ޝޫޓިންތައް ފެށުމަށް ހުއްދަ ދީފަ އެވެ. އެހެންކަމުން ސަންޖޭ ލީލާ ބާންސާލީގެ މި ފިލްމުގެ ޝޫޓިންތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

އާލިއާގެ އިތުރުން "ގަންގޫބާއީ"ގެ ކާސްޓްގައި ޓީވީ އެކްޓަރު ޝަންތަނޫ މަހޭޝްވަރީ އާއި ސީމާ ޕަހްވާ އާއި ވިޖޭ ރާޒާއި އިންދިރާ ތިވާރީ އަދި ރޯހިތު ސުޚްވާނީ ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން މީގެ ހާއްސަ ފެނިލުންތަކުން އަޖޭ ދޭވްގަން އާއި އިމްރާން ހާޝިމީ އަދި ހުމާ ގްރޭޝީ ވެސް ފެންނާނެ އެވެ.

"ގަންގޫބާއީ" ގެ ޝޫޓިން ފެށުމަށް ތައްޔާރު ވަމުން އަންނައިރު ޖޫން 15ގެ ފަހުން އެހެން ފިލްމުތަކުގެ ޝޫޓީންތައް ވެސް ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

"ގަންގުބައި ކަތައިވަޑި" ގެ ޓީޒާ ވަނީ ފެބްރުއަރީ 2021 ގައި ރިލީޒްކޮށްފަ އެވެ. މި ޓީޒާއަށް ގިނަ ބައެއްގެ ފަރާތުން އެދެވޭ ތަރުހީބެއް ލިބިފައިވެ އެވެ. ފިލްމް ރިލީޒް ކުރަން ނިންމާފައިވަނީ ޖުލައި 30 ގަ އެވެ