ގއ. ދާންދޫގައި ރޭ ހިންގި ބޮޑު މާރާމާރީއާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 10:00 ހާއިރު އެރަށުގައި ހިންގި މާރާމާރީއާ ގުޅިގެން މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ދާންދޫ ހޮޓަލެއްގެ ތެރޭގައި ހިންގި އެ މާރާމާރީގައި ތިން މީހަކަށް އަނިޔާވެ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ވަނީ ފަރުވާދޭން ފަށާފައެވެ. އޭގެތެރެއިން އެކަކު މިއަދު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީ ހިނގީ އެރަށު ދެބައެއްގެ ދެމެދުގައި ޖެހުނު މައްސަލައެއް ހައްލުކުރުމަށް ދެކެވުނު ވާހަކަތަކެއް ހޫނުވެގެންނެވެ.
"ހާލު ސީރިއަސް ވި މީހާގެ ބޮލަށް ތައްޓެއް ތާޅާލާފައި ވަނީ. އެކަމުގެ ސަބަބުން ބޮލަށް ގެއްލުން ތަކެއް ލިބިފައިވަނީ،" ދާންދޫން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.
ކަސްޓަމްސްއަށް 26 އޮފިސަރުން ހޯދަނީ
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
ހެނދުނު ކޮފީއަށްފަހު ހިތް އަވަސް ވޭތަ؟ ސަމާލުވާންވީ 6 ކަމެއް!
