ބޮލީވުޑްގެ މަޝްހޫރު އެކްޝަން ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ ރޯހިތް ޝެޓީއާ ބަތަލާ ޕުރާޗީ ދެސާއިއާ ދެމެދު ގާތް ގުޅުމެއް އުފެދުނީ ރޯހިތްގެ ފިލްމު ބޯލް ބަޗަންގެ ޝޫޓިންގެ ތެރެއިންނެވެ. މިދެ މީހުންގެ މެދުގައިވާ ގާތްގުޅުން ލޯތްބަށް ބަދުވެގެން ދިޔައީ ވެސް އެ ޝޫޓިންގަ އެވެ.

މިކަމުގެ ސަބަބުން ރޯހިތް އޭނާގެ އަންހެނުން މާޔާއާއި ކުދިން ދޫކޮށް ޕުރާޗީއާއެކު ދިރިއުޅެން ފެށި އެވެ. ނަމަވެސް މިގުޅުން މާގިނަ ދުވަހަށް ދެމިގެން ނުގޮސް ރޯހިތް ވަނީ އޭނާގެ އަންހެނުން ކައިރިއަށް އަނބުރާ ގޮސްފަ އެވެ. 2005 ވަނަ އަހަރު މާޔާއާ ކުރި ކައިވެނި ހީނަރުވެގެން ދިޔައީ ޕުރާޗީގެ ސަބަބުންނެވެ.

ރޯހިތް ޝެޓީއަކީ ބޮލީވުޑްގެ ފުއްނާބު އުސް ޑައިރެކްޓަރުންގެ ތެރެއިން ހޮވާލެވޭ އެކަކެވެ. އެތަކެއް ކާމިޔާބު އެކްޝަން ކޮމެޓީ ފިލްމުތަކުގެ އިތުރުން ފުލުހުންގެ ގިނަ ފިލްމްތަކެއް އޭނާ ވަނީ ޑައިރެކްޓް ކޮށްފަ އެވެ. އެގޮތުން ރޯހިތް ޝެޓީ ޑައިރެކްޓްކުރި ފިލްމްތަކުގެ ތެރޭގައި ގޯލްމާލު އާއި ސިންހަމް ފަދަ ފިލްމުތައް ހިމެނެ އެވެ.

މިވަގުތު ރޯހިތްހުރީ ހަތްރޯކީ ކިލާޑީ ޝީޒަން ހަތަރެއްގެ ޝޫޓިންއަށް ކޭޕް ޓައުންގަ އެވެ.