އިސްރާއީލް އާއި ޔޫއޭއީ އާއި ދެމެދު ކުރި އެންމެ ފުރަތަމަ ޑައިރެކްޓް ފްލައިޓު، އެމެރިކާ އަދި އިސްރާއީލްގެ ރަސްމީ ވަފުދަކާއިއެކު އަބޫދާބީގައި ޖައްސައިފި އެވެ.
މި ފްލައިޓަކީ އެ ދެ ގައުމުގެ މެދުގައި އޮގަސްޓު 13 ވަނަ ދުވަހު އިއުލާނުކުރި ތާރީހީ ބައިލެޓެރަލް ގުޅުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވުނު ކަމެކެވެ.
މި ފްލައިޓުން ދަތުރުކުރި ވަފުދުގައި އިސްކޮށް ހުންނެވީ ވައިޓް ހައުސްގެ ސީނިއާ އެޑްވައިޒަރެއް ކަމަށްވާ ޖަރެޑް ކުޝްނާ އެވެ. އޭގެ އިތުރުން ދެން އެ ވަފުދުގައި ހިމެނިވަޑައިގަތީ ޔޫއެސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒާ، އޮބާޓް އޯ ބްރަޔަން އާއި އިސްރާއީލްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މެއާ ބެން-ޝައްބަތެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ޔޫއޭއީގެ އެގްރިމެންޓްގައި މުޅި މެދުއިރުމަތީގެ މަސްރަހު ބަދަލުކޮށްލެވޭނެ ބާރު އެބަހުރި. މިތާ މިވީ ގޮތަކީ ބޮޑު ތިން ލީޑަރުން ގުޅިގެން މެދުއިރުމަތީގެ ސްކްރިޕްޓް ލިޔަން ފެށުން،" އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ކުޝްނާ ވިދާޅުވި އެވެ.
މި ވަފުދަށް މަރުހަބާ ކިޔުމުގެ ގޮތުން އޫއޭއީގެ މިނިސްޓަ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާސް އަންވަރް ގަރްގަޝް އާއި އެމިރޭޓީ އިތުރު އޮފިޝަލުން ވަނީ އެއާޕޯޓަށް ވަޑައިގެންފަ އެވެ.
އޯ ބްރަޔަން ވިދާޅުވި ގޮތުގައި ޔޫއޭއީ އާއި އިސްރާއީލްގެ ދެމެދު ހެދުނު އެއްބަސްވުމަކީ ފާއިތުވެދިޔަ 25 އަހަރުގެ ތެރޭގައި މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. -އަލް އަރަބިޔާ
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ކުރަން 7 އުސޫލެއް!
