ޔޫރޯ 2021ގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އޭނާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ބަހައްޓާފައި ހުރި ހެނިކެން ބިއަރު ފުޅި އެއް އެއްފަރާތް ކޮށްފި އެވެ.

ޔޫރޯގެ ސްޕޮންސަރެއް ކަމަށްވާ ހެއިންކެންގެ ބިއަރު ފުޅިތަކަކީ އެ މުބާރާތުގެ ޕްރެސް ކޮންފަރެންސްތަކުގައި އާއްމުކޮށް ފެންނަ ގޮތަށް ބަހައްޓާ ބުއިމެކެވެ. 2019 ވަނަ އަހަރު އިސްލާމް ދީން ގަބޫލުކުރި ޕޮގްބާ ބިއަރުފުޅި އެއްފަރާތް ކޮށްފައިވަނީ އެއީ އިސްލާމް ދީނުގައި ހަރާމް އެއްޗަކަށް ވާތީ ކަމަށް ބެލެވެ އެވެ.

ޕޮގްބާގެ ފަރާތުން މިކަން ފެނިފައި ވަނީ މީގެ ކުރިން ހަމަ މިފަދަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްރިސްޓިއާނޯ ރޮނޯލްޑޯ ކޮކާކޯލާގެ ފުޅިތަކެއް އެއްފަރާތްކޮށް އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެކަމުގެ ސަބަބުން ކޮކާކޯލާއަށް ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނެވެ.

އިސްލާމް ދީން ގަބޫލު ކުރުމަށްފަހު ޕޮގްބާ ވަނީ އުމްރާގެ އަޅުކަންވެސް އަދާ ކޮށްފަ އެވެ. އޭނާ ހިމެނެނީ ދީނުގެ ކަންކަމުގައި އެންމެ ފާޅުކަން ބޮޑު ފުޓްބޯޅަ ތަރިންގެތ ތެރޭގަ އެވެ.