ސަޔަކީ ޒަމާނުއްސުރެ އަހަރުމެންގެ ކެއުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. މި ފަހަކަށް އައިސް އެކި ވައްތަރުގެ ސައިތައް އަހަރުމެންގެ ތެރެއަށް ތައާރަފްވެފައިވާއިރު، ބައެއް ސައިތަކަކީ އެ ސައި ބުއިމުގެ ސަބަބުން އަހަރުމެންގެ ސިއްހަތަށް ފައިދާ ކުރާ ސައިތަކެކެވެ.

ގްރީން ޓީ

ގްރީން ޓީއަކީ އާދައިގެ މަތިން އަހަރުމެން ބޭނުންކުރާ ކަޅު ސައިގެ ބަދަލުގައި ބޭނުން ކުރަން ރަނގަޅު ސަޔެކެވެ. ގްރީން ޓީގައި ހުންނަ އެންޓި އޮކްސިޑަންޓްސްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދޭން އެހޭވެ އެވެ. މީގެ އިތުރުން އެއީ ހަކުރު ބައްޔާއި ހިތުގެ ބަލިފަދަ ދާއިމީ ބަލިތަކުން ލިބޭ ގެއްލުން ކުޑަކޮށްދޭ ސައެކެވެ.

ޖިންޖާ ޓީ

އިނގުރަކީ ޒަމާނުއްސުރެ ބަލިތަކުގެ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވެމުން އަންނަ އެއްޗެކެވެ. އިނގުރު ސައަކީ ހޮޑުލުމާއި ބޯއެނބުރުން ހުއްޓުވުމަށް އަސަރު ހުރި ބޭހެކެވެ. މީގެ އިތުރުން ބަރުދަން ލުއިކުރުމަށާއި ކަރުން މަތީގެ ބަލިތަކަށް އިނގުރު ސައަކީ ހުރި ފަރުވާއެއް ކަމުގައި ގިނަ ދިރާސާތަކަކުން ދައްކަ އެވެ.

ޕެޕާ މިންޓް ޓީ

ޕެޕާ މިންޓް ޓީއަކީ ހަޖަމުކުރުމުގެ ނިޒާމަށް އޭގެ ސަބަބުން ފައިދާ ކުރާ ސައެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ. މި ސައިގައި ހިމެނޭ މެންތޯލް ކިޔާ މާއްދާއެއްގެ ސަބަބުން ބަނޑު ހިއްކުމާއި ބަނޑު ދިޔާވުން ފަދަ ހަޖަމުގެ މައްސަލަތަކުން ދުރުކޮށްދެ އެވެ.

ސައަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ކަމުދާ އެއްޗަކަށް ވީއިރު މަތީގައި ދެންނެވުނު ގޮތްގޮތަށް ސައިގެ އަޖުމަ ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ؟