ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖެއިން މިހާތަނަށް 184،865 މީހުން ޖަހައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދަކީ 653 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 184،865 އަށް އަރާފަ އެވެ.
މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން ހަ ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެ އެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް ދެ މޮބައިލް ޓީމް ހަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.
ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ފައިޒާ ވެކްސިން، އަދި ސިނޮފާމް ވެކްސިނެވެ. މީގެ ތެރެއިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މާލެ ސަރަހައްދުގައި މެއި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލާފަ އެވެ.
 ތައިލެންޑުގެ އިންހެލާ ފުޅީގެ ބެޗެއް ތަޣައްޔަރުވެއްޖެ
			ތައިލެންޑުގެ އިންހެލާ ފުޅީގެ ބެޗެއް ތަޣައްޔަރުވެއްޖެ
		 ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
			ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
		 ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
			ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
		
 
					 
					 
					 
					 
					 
					 
					 
					 
					 
					