އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންއަކީ ގިނަ ބަޔަކު ރޯލް މޮޑަލްއެއްގެ ގޮތުގައި ބަލާ ޝަހުސިއްޔަތަކެވެ. އޭނާގެ ދިރިއުޅުމުގެ ކަންކަމަކީ ގިނަ ބަޔަކު ވަރަށް ގަޔާވެގެން ބަލާ ކަންކަމެވެ.
މިފަހަރު މި ބަލާލަނީ ކޭޓް ރަނގަޅު ސިއްހަތެއްގައި ހުރުމަށް ބޭނުންކުރާ ޑައިޓް ޕްލޭން އަށެވެ. ކެއިންބުއިމުން ފެށިގެން ކަސްރަތު ކުރުމަށް ދަންދެން އެ ޕްލޭންގައި ހިމެނެ އެވެ.
ކޭޓްގެ ޑައިޓަށް ބަލާލާއިރު ގޮދަނުގެ ބާވަތްތަކާއި ޕްރޮޓީންސް އަދި ވިޓަމިންސް ފަދަ މައުދަންތައް މުއްސަނދި ކެއުންތަކަކީ އޭނާގެ ޑައިޓްގައި އާއްމުކޮށް ހިމެނޭ ބާވަތްތަކެވެ. މި ޑައިޓަކީ އެންޓި އޮކްސިޑަންޓްސްގެ މާއްދާތައް ގިނަ ޑުކަން ޑައިޓެކެވެ.
ޑުކަން ޑައިޓަކީ ޕްރޮޓީން ގިނަ އަދި ކާބް މަދު ޑައިޓެކެވެ. މި ޑައިޓުގައި ސިއްހަތަށް ފައިދާހުރި ސަރުބީ އާއި ތެލުގެ އިތުރުން ތަރުކާރީ ހިމެނޭނެ އެވެ. މިއީ ބަރުދަން ލުއިކުރުމަށް ކޭޓް ބޭނުން ކުރާ ޑައިޓެކެވެ.
ކެއުމުގެ އިތުރުނުް ކަސްރަތަކީ ވެސް ކޭޓްގެ ޑައިޓްގައި މުހިއްމު ކަމެކެވެ. އެގޮތުން ޓެނިސް ކުޅުމާއި ހޮކީ ކުޅުމަކީ ހެލިފެލިވެ އުޅުމަށްޓަކައިކުރާ ކަންކަމެވެ. މީގެ އިތުރުން ޔޯގާއަކީ ވެސް ކޭޓް ގެ ރޫޓިންގައި ވަރަށް އިސްކަން ދެވިފައިވާ ކަމެކެވެ.
ދުޅަހެޔޮ ސިއްހަތަކަށް ކޭޓްގެ ޑައިޓަށް މަސައްކަތްކުރުމަކީ އަހަރެމެންނަށް ކުރެވިދާނެ ކަމެކެވެ.
ކޮންމެ ދުވަހަކު ފިނި ފެނުން ފެންވެރުމުން މެޓަބޮލިޒަމް ރަނގަޅުވޭ؟
ސައުދީއަށް ދޭ ހަމަލާތައް ހުއްޓުވަން މިސްރުގެ އެހީ ހޯދަނީ
ގުރައިދޫ ސްކޫލް ކުދިންނަށް ތައުލީމާ ގުޅޭ ހާއްސަ ހަރަކާތްތަކެއް