ޖެނީވާ (29 ޖޫން) - ކޮވިޑް-19 ވެކްސިންގެ ފުރިހަމަ ކޮށްފަައިވީ ނަމަވެސް މާސްކް އެޅުން ކުރިއަށް ގެންދިއުމަށް ދުނިިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގޮވާލައިފި އެވެ.

ޑަބްލިއުއެޗްއޯ އިން މިހެން ބުނެފައި ވަނީ ކޮވިޑްގެ އާ ވޭރިއަންޓްތައް ފެތުރެމުން އަންނަ ދަނޑިވަޅެއްގައި ގިނަ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންދާތީ ކަންބޮޑުވުންފާޅު ކޮށްފަ އެވެ.

މިދިޔަ މައި މަހު އެމަރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރހަމަ ކޮށްފައިވާ މީހުންނަށް އިންޑޯ ތަންތަނުގަ އާއި ގައިދުރު ކޮށްގެން ތިބޭ ތަންތަނުގައި މާސްކްއެޅުން ލާޒިމްކޮށްފައި އޮތް އޮތުން އުވާލާފަ އެވެ.

ޑަބްލިއުއެޗްއޯގެ މި ގޮވާލުމާއެކު ވެސް އެ ގައުމުގައި މި ވަގުތު އޮތް އުސޫލުތަކަށް އެއްވެސް ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ޑަބްލިއުއެޗްއޯގެ ސީނިއާ އެޑްވައިޒަރެއް ކަމަށްވާ ޑރ. ބްރޫސް އައިލްވާޑް ވިދާޅުވީ ވެކްސިން ފުރިހަމަ ކުރި ނަމަވެސް އެންމެ މޮޅުގޮތަކީ މާސްކު އެޅުން ކުރިއަށް ގެންގޮސް ރައްކާތެރިކަމުގެ ފިޔަވަޅުތައް މަތީ ތިބުން ކަމަށެވެ.

ދުނިޔޭގައި ވެކްސިން ރޭޓް އެންމެ މަތީގައި އުޅޭ އެއް ގައުމު ކަމަށްވާ އިޒްރޭލުގައި ވެސް ކޭސްތަކުގެ އަދަދުތައް އިތުރުވުމާއެކު މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް