"ބެލް ބަޓަން" އަށްފަހު އަކްޝޭ ފެނިގެން ދެންދާނީ 2018 ވަނަ އަހަރުގެ ޓަމިލް ފިލްމެއް ކަމަށްވާ "ރަޓްސަސަން"ގެ ހިންދީ ރިމޭކްއިން ކަމަށް ބުނެފި އެވެ.

އަކްޝޭ ފެނިގެންދާނީ ވިޝްނޫ ވިޝާލްގެ ރޯލުންނެވެ. މިފިލްމުގައި އަކްޝޭއާއެކީ ފެނިގެންދާނީ ރަކުލް ޕުރީތު ސިން އެވެ.

ފިލްމުގެ ޕުރިޕޮރޮޑަކްޝަންގެ މަސައްކަތް ކުރިއަށްދާއިރު، ފިލްމުގެ ޝޫޓިންތައް ފެށޭވަރުވާނީ އަންނަ އޮގަސްޓުމަހު އެވެ. ފިލްމުގެ ކާސްޓު އަދި ކުރޫ ލަންޑަނަށް އޮގަސްޓު ފަސްވަނަ ދުވަހު އެއްމަސް ދުވަހަށް ފުރަނީ ފިލްމު ފެށުނީއްސުރެ ނިމެންދެން އެކޮޅުގައި މަޑުކުރާ ގޮތަށެވެ.

އައިއެމްޑީީބީގެ ޓޮޕްރޭޓެޑް ޓަމިލް ފިލްމު "ރަޓްސަސަން" އަކީ ފިލްމު އުފެއްދުމުގެ ޝައުވެރިކަންހުރި ޒުވާނަކު އޭނާގެ ބައްޕަގެ މަރަށްފަހު ޕޮލިހުގެ ވަޒީފާއާ ގުޅި، ސްކޫލް އަންހެންކުދިންތަކެއްގެ މަރުގެ ތަހުގީގު ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ ޓެލެގޫ ރިމޭކެއް ވެސް ވަނީ ހަދާފަ އެވެ. މި ފިލްމުގެ ހިންދީ ރިމޭކު ތަފާތުވެގެންދާނެ އެވެ.

އަކްޝޭ ރަޓްސަސަން ކުޅޭނީ އާނަންދު އެލް ރާއިގެ ރަކްޝާ ބަންދަންއަށްފަހު އެވެ.