ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރީ މަންދިރާ ބެޑީގެ ފިރިމީހާ ފިލްމު ޕްރޮޑިއުޝަރު ރާޖް ކޮޝަލް މަރުވެއްޖެ އެވެ.

މިއަދު ހެނދުނުގެ ވަގިތެއްގައި ރާޖް ކޮޝަލް މަރުވެފައިވާކަން ހާމަކޮށްފައި ވަނީ ޑައިރެކްޓަރު އޮނީރް ކުރި ޓުވީޓެއްގައި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާޖް މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން މަރުވެފައިވަނީ އާއިލާއާއި އެކުގައި ގޭގައި ހުއްޓައި ކަމަށެވެ.

ރާޖްގެ އާއިލާގެ ފަރާތުން މިހާތަނަށް އަދި ބަހެއް ލިބިފައިނުވި ކަމުގައި ވިޔަސް، އޮނީރު ކުރި ޓްވީޓްގައި ބުނެފައިވަނީ ރާޖް ވަކިވެގެން ދިޔުމުން ހިތާމަ ކުރާ ކަމަށާއި ރާޖް އަކީ ވަރަށް އެހީތެރިކަން ފޯރުކޮށްދޭ މީހެއް ކަމަށެވެ އަދި އޭނާގެ ފުރަތަމަ ފިލްމުގެ ޕްރޮޑިއުސަރު އަކީވެސް ރާޖް ކަމަށް އޮނީރު ވަނީ ބުނެފަ އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން އެންމެ ފަހުން އިންޑަސްޓްރީގެ މީހުންނާއި އެކުގައި ރާޖް ފެނިގެންދިޔައީ މިދިޔަ އާދިއްތަ ދުވަހުއެވެ.

މަންދީރާ އާއި ރާޖް ކައިވެނި ކޮށްފައިވަނީ 1999ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14ވަނަ ދުވަހު އެވެ. އެ ދެމީހުންގެ ދެ ކުދިން ވެސް ތިބެ އެވެ. ފިރިހެން ދަރިފުޅަށް ވީރު އަދި އަންހެން ދަރިފުޅު ތާރާ ބޭޑީ ކޮއުސަލްއެވެ. ތާރާ އަކީ މިދިޔަ އަހަރު އެމީހުން އެޑޮޕްކުރި ކުއްޖެކެވެ.

ރާޖްގެ ބައެއް މަސައްކަތްތަކައް ބަލާއިރު ޕިޔާރުމޭ ކަބި ކަބީ، ޝާދީ ކަ ލައްޑޫ އަދި އެންތަނީ ކޯންހޭ ފަދަ ފިލްމުތައް ޑައިރެކްޓު ކޮށްފަ އެވެ.