ބޮލީވުޑް ސުޕަ ސްޓާ ސަލްމާން ޚާންއާ ދެކޮޅަށް ވިޔަފާރިވެރިއަކު މައްސަލައެއް ޕޮލިހަށް ހުށަހަޅައިފި އެވެ.

މި ފަހަރުގެ މައްސަލާގައި ސަލްމާން ޚާންގެ ދައްތަ އަލްވިރާ އަދި އިތުރު ހަ މީހެއްގެ މައްސަލައެއް ހުށަހެޅި އެވެ.

ޗަންދީގަޅު ޕޮލިސް ވަނީ ސަލްމާން ޚާން އާއި އޭނާގެ ދައްތަގެ އިތުރުން ދެން ތިބި ހަ މީހުންނަށް މިމަހުގެ 13 ވަނަ ދުވަހު ޕޮލިހަށް ހާޒިރުވާން އަންގާފަ އެވެ.

މި ފަހަރުގެ މައްސަލައަކީ އިންޑިޔާގެ ވިޔަފާރިވެރިއެއް ކަމަށްވާ އަރުން ގުޕްތާ ހުށަހެޅި މައްސަލައެކެވެ.

އޭނާ ވަނީ އޭނާގެ ވިޔަފާރި ޕްރޮމޯޓް ކުރުމަށްޓަކައި ސަލްމާން ޚާން އަށް ދެ ކުރޯރް އިންޑިއަން ރުޕީސް (1.2 މިލިއަން ޑޮލަރު) ދިން ކަމަށް ބުނެފަ އެވެ. ނަމަވެސް ސަލްމާން ޚާންގެ ފަރާތުން އެކަމަށް އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް އެ މީހާ ބުންޏެވެ.