ދިނޭޝް ވިޖަންގެ ބިރުވެރި ކޮމެޑީ ފިލްމު "ބޭދިޔާ" ގެ ޝޫޓިންތައް ނިންމާލައިފި އެވެ.

މި ފިލްމުގެ ލީޑްރޯލުން ފެނިގެންދަނީ ކްރީތީ ސަނޯން އަދި ވަރުން ދަވަން އެވެ. ކްރީތީ އަދި ވަރުން ގެ އިތުރުން މި ފިލްމްގެ ދެން ފެނިގެންދާނެ ތަރިންނަކީ އަބީޝެކް ބަނެރްޖީ އާއި ދީޕަކް ދޮބްރިޔާލް ހިމެނެ އެވެ.

ފިލްމުގެ ޝޫޓިންތައް ނިންމާލިކަން ހާމަކޮށްފައިވަނީ ކްރީތީ ސަނޯން އަދި ވަރުން ދަވަން އެ ދެމީހުން ގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ.

މިފިލްމުގެ ފުރަތަމަ ޝޫޓިންތައް ނަގާފައިވަނީ އަރުނާޗަލް ޕްރަދޭޝްގަ އެވެ. ފިލްމުގެ ބާކީ ބައި ޝޫޓްކޮށްފައިވަނީ ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވެ ތިބެ މުމްބާއީގަ އެވެ. އަރުނާޗަލް ޕްރަދޭޝްގައި ޝޫޓިންތައް ކުރިޔަށް ގެންދިޔައިރު ވަރުންގެ އަންހެނުން ނަތާޝާ ދަލާލް ވެސް ވަރުންއާއެކު ވަނީ ބައިވެރިވެފަ އެވެ.

"ބޭދިޔާ" އަކީ އަމަރް ކޯޝިކް ޑައިރެކްޓްކޮށް އަދި ލިޔުންތެރިކަމުގެ ގައުމީ އިނާމް ލިބިފައިވާ މަޝްހޫރު ލިޔުންތެރިޔާ ނިރޭން ބަޓް އެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު އެވެ.