ފޮރިން މިނިސްޓްރީން ދާދިފަހުން ވަނީ ރާއްޖޭގައި ހުންނަވާ އިންޑޮނޭޝިއާގެ އޮނަރަރީ ކޮންސަލްގެ މަގާމަށް ހަމަޖެއްސެވި ޖައުސާ ކޮންސްޓްރަކްޝަންގެ ވެރިޔާ ޖައުފަރު އީސާ އާދަމް އަދި ހަންގޭރީގެ އޮނަރަރީ ކޮންސަލްގެ މަގާމަށް ހަމަޖެއްސެވި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހް އަށް ވެސް މަގާމު ހަވާލުކޮށްފައި.

ޗެކްރިޕަބްލިކްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަ އޮނަރަރީ ކޮންސުލަށް ވިޔަފާރިވެރިޔާ މަދީހު ޖަމާލް މިއަދު އައްޔަން ކުރައްވައިފި އެވެ.

ޗެކް ރިޕަބްލިކްގެ ސަރުކާރުގެ ފަރާތުން އެމަގާމަށް އައްޔަން ކޮށްފައިވާ މަދީހު މިއަދު އެ މަގާމާ ހަވާލުވުމަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ވަނީ ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލުވުމަށް ފަހު މިނިސްޓަރު ޝާހިދު ވިދާޅުވީ ޗެކް ރިޕަބްލިކް އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރެއިން ފާހަގަކޮށްލެވޭ މާކެޓެއް ކަމަށެވެ. އަދި ޓޫރިޒަމް އާއި ވިޔަފާރި ދާއިރާގައި ދެ ގައުމު ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މަދީހު އަކީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލްގެ ކޮއްކޮ އެވެ. ޓޫރިޒަމް ދާއިރާއި ވެސް ވިޔަފާރީ ކުރައްވަމުން އަންނަ މަދީހު އަކީ "ޕްރިންޓް ލެބް" ގެ ވެރިޔާ ވެސް މެ އެވެ.

ފޮރިން މިނިސްޓްރީން ދާދިފަހުން ވަނީ ރާއްޖޭގައި ހުންނަވާ އިންޑޮނޭޝިއާގެ އޮނަރަރީ ކޮންސަލްގެ މަގާމަށް ހަމަޖެއްސެވި ޖައުސާ ކޮންސްޓްރަކްޝަންގެ ވެރިޔާ ޖައުފަރު އީސާ އާދަމް އަދި ހަންގޭރީގެ އޮނަރަރީ ކޮންސަލްގެ މަގާމަށް ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހް އަށް ވެސް މަގާމު ހަވާލުކޮށްފަ އެވެ.