ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިއާ މިރްޒާ އާއި އޭނާގެ ފިރިމީހާ ވެއިބަވް ރޭކީއަށް އަލަތު ދަރިފުޅަކު ލިބިއްޖެ އެވެ.
ދިއާ އޭނާގެއަށް ފިރިހެން ކުއްޖަކު ލިބިފައިވާކަން ހާމަކުރުމުގެ ގޮތުން އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ދަރިފުޅުގެ އަތުގެ އިނގިލިތަކުގައި ހިފަހައްޓާލައިގެން އިން ފޮޓޯއެއް ވަނީ ހިއްސާކޮށްފަ އެވެ.
މި ފޮޓޯ އާއެކު ދިއާ ލިޔެފައިވާ މެސެޖުގައި ބުނެފައި ވަނީ އޭނާގެ ދަރިފުޅު އަވްޔާން އަޒާދް ރޭކީ އުފަންވެފައި ވަނީ މީގެ ދެމަސް ކުރިން މެއި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
ދަރިފުޅު އުފަންވެފައި ވަނީ ދުވަސް ނުފުރާކަމާއި އޭރުއްސުރެ ދަރިފުޅަށް އަންނަނީ ހޮސްޕިޓަލްގެ އިންޓެންސިވް ކެއާ ޔުނިޓްގައި ފަރުވާދެމުން ކަމަށް ދިއާ މި ޕޯސްޓުގައި ހިއްސާކޮށްފައިވެ އެވެ.
ވަރަށް އަވަހަށް ދަރިފުޅު ގެޔަށް ގެންދެވޭނެ ކަމަށާއި ދަރިފުޅު މާމަ އާއި ކާފަ ތިބީ ދަރިފުޅު އުރާލުމަށް ކެތްމަދުވެފައި ކަމަށް ވެސް ދިއާ އިތުރަށް ބުނެފައިވެ އެވެ.
ޕޯސްޓް ނިންމާލަމުން ދިއާ ވަނީ އޭނާ އަށް ހެޔޮ އެދުންތައް ފޮނުވި އެންމެހައި މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ދިރާގުޕޭއިން ރިލޯޑްކޮށްގެން ހިލޭ ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް!
ރޯދަ 2026: މުހައްމަދުއް ރަސޫލުﷲގެ އެކްޓަރުންނަށް ނަޒަރެއް!
ބައްސާމް 24 ގަޑިއިރު ނުވަނީސް އަނބުރާ ޖަލަށް ބަދަލުކޮށްފި