ޝްރައްދާ ކަޕޫރު ކުރިއަށް އޮތް ފިލްމު "ޗާލްބާޒް އިން ލަންޑަން"ގައި މުހިއްމު ދެ ރޯލްއެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ޑަބަލް ރޯލްއިން މި ފިލްމުގައި ފެނިގެންދާނެ އެވެ. ރޮމެންޓިކް ކޮމެޑީ މި ފިލްމު ވެސް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައި ވަނީ ޝްރިދޭވީގެ "ޗާލްބާޒް (1989)" ވެސް ޑައިރެކްޓްކޮށްފައިވާ ޝަންކަރު ޕަރާޝަރު އެވެ.

https://www.youtube.com/watch?v=1nLnA41YPXI

ފިލްމު އުފައްދާކަން އިއުލާން ކުރީއްސުރެއް ބެލުންތެރިންގެ ހިތުގައި މި ފިލްމަކީ ޝްރިދޭވީގެ ފިލްމުގެ ކޮޕީއެއްތޯ ވަނީ ސުވާލު އުފެދިފަ އެވެ. ދެ ފިލްމުގެ ޓައިޓަލްގެ އިތުރުން ދެ ފިލްމުގެ ލީޑުން ވެސް ފެނިގެންދަނީ ޑަބަލް ރޯލުންނެވެ. ނަމަވެސް މި ދެ ފިލްމަކީ އެއްވެސް ގޮތަކަށް ގުޅުމެއް ނެތްކަން ޑައިރެކްޓަރު ވަނީ ހާމަކޮށްފަ އެވެ.

ޓައިމްސް އޮފް އިންޑިޔާއަށް ޝަންކަރު ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޝަރައްދާ ފެނިގެންދާ ޗާލްބާޒް އިން ލަންޑަންއަކީ އާ އެކްޓަރުންނާއެކީ ތަފާތު ތަނެއްގައި ހަދާ ފިލްމެއް ކަމަށެވެ.