އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ފަސްޓް ލޭޑީ މިޝެލް އޮބާމާ އަކީ ހަގީގަތުގައި ވެސް ކަޕުލް ގޯލްސް އެވެ. އެ ދެމީހުންގެ ދެމެދުގައިވާ ލޮތްބާއި އިހުތިރާމާއި އަޅާލުމަކީ އަހަރެމެންގެ އެންމެން ވެސް އަމިއްލަ ދިރިއުޅުމުގައި ހިއްސާކޮށްލަން ބޭނުންވާ ކަންތަކެވެ. ނަމަވެސް ވިދާހާ އެއްޗަކީ ރަނެއް ނޫނޭ ބުނާ އުސޫލުން އަހަރެމެންނަށް ބޭރުން ފެންނަ ލޯބި ދެމަފިރިންގެ ހަޔާތުގައި އެތައް އަޑި ގުޑަންތަކާއި ކުރިމަތިވެ އެވެ. އަދިވެސް ދަނީ ކުރިމަތިވަމުންނެވެ.
މިޝެލް މިވަނީ މިވާހަކަތައް އޭނާގެ ޕޮޑްކާސްޓެގައި އެމެރިކާގެ ޓެލެވިޝަން ހޯސްޓް ކޮނަން އޮބްރަޔަންއާ ހިއްސާކޮށްފަ އެވެ.
"ކައިވެންޏަކީ މިފަދަ ހާލަތްތަކުގައި އަހަރެމެންނަށް ލިޞޭ ވަރަށް ބޮޑު ބާރަކަށް ވެގެންދޭ. އަހަރެމެންގެ ތަޖުރިބާތަކަށް ބަލާފައި ބެލެނިވެރިންގެ ހައިސިއްޔަތުން މިކިޔައިދެނީ ތެދުވެރިކަމާއ އިތުބާރާއި، ބައިވެރިޔާގެ ކުރިމަތީގައި އަމިއްލަވަންތަކަން ދެއްވުމުގެ މުހިއްމުކަން،" މިޝެލް ވިދާޅުވި އެވެ.
މީގެ އިތުރުން މިޝެލްވަނީ އޮބާމާއާ ދެމަފިރިންގެ ކައިވެންޏާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ. "ބައެއް ފަހަރު އަހަރެންނަށް ބަރަކް އާއި އެކު ކެތްނުކުރެވޭ ހިސާބަށް ދޭ. ހިތަށް އަރާ ކުޑަދޮރުން ބޭރަށް ކޮއްޕާލަފާނަމޭ ވެސް. މި ހުރިހާ އިހުސާސުތައް ކުރެވޭނެ. އަދި ބައެއްފަހަރު މި އިހުސާސުތައް އެތައް އަހަރަކަށް ދެމިގެންދޭ."
މިޝެލް ވަނީ ކައިވެނީގައި އޭނާ އެއްކޮށް "ގިވް އަޕް" ކޮށްލަން ހިތަށްއެރި ފަހަރުތައް އައިސްފައިވާކަން ހިއްސާކޮށްފަ އެވެ. އަދި ދެމީހުން އެންގޭޖްވެފައި ވަނިކޮށް އޮބާމާ ދެކެ ރުޅިއައިސްގެން އެންގޭޖްމެންޓެ އަނގޮޓި އިނގިލިން ނެގިކަން ވެސް ހިއްސާކުރި އެވެ.
އެހެން ނަމަވެސް އެ ދެމީހުންގެ ދުޅުމަށް "ގިވް އަޕް" ކޮށްފައި ނުވެ އެވެ. އަދި ފިރިމީހާއާއެކު ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ޒުވާން ލޯބިވެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކިރިޔާވެސް ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެއްޖެ ނަމަ އަވަހަށް ގިވް އަޕް ކޮށްލުން. އަހަރެން އެގޮތަށް އެގޮތަށް އެކަން ކުރި ނަމަ މިއަދު އަހަރެންނާއި ބަރަކް އެކުގައި ނޫޅޭނެ. އެހެން ނަމަވެސް މިއަދު އަހަރެމެންގެ ކައިވެނި ވަރަށް ވަރުގަދަ. އެދުވަހު އަހަރެން ގިވް އަޕް ކޮށްލާފައި ދިޔަ ނަމަ މިއަދު މި ހިސާބަށް ނާދެވުނީސް،" މިޝެލް ވިދާޅުވި އެވެ.
މިޝެލް ވިދާޅުވިގޮތުގައި ގުޅުމެއް ދެމިގެން ދިއުމުގެ އެންމެ ބޮޑު ސިއްރަކީ މުއާމަލާތް ކުރުން ކަމަށެވެ. ދެމީހުންގެ ދެމެދުގައި އެއޮންނަން ވާ ވަރަށް މުއާމަލާތު ނުކުރެވި، އަދި އެކަު ދައްކާ ވާހަކަ އަނެކަކު އަޑު ނާހާ ނަމަ އެ ގުޅުމެއް ދަމަހައްޓަން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.